ފިޔޯރީގެ މަސް ފެކްޓްރީގެ މަސައްކަތް އެޕްރީލްގައި ފެށޭނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ގދ. ފިޔޯރީގައި އަޅާ މަސް ފެކްޓްރީގެ އަމަލީ މަސައްކަތް އަންނަ އެޕްރީލް ހިސާބުގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި ވަނީ، އޮތޮޅުތެރެއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕޭންގައި ފިޔޯރީގައި މަސް ފެކްޓްރީއެއް ގާއިމުކުރެއްވުމަށް އެމަނިކުފާނު ވެވަަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށެވެ. އަދި ވައުދާ އެއްގޮތަށް 3،000 ޓަނުގެ މަސް ފެކްޓްރީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ފޮޔޯރީގައި ގާއިމްކުރާ ފެކްޓްރީ ވެގެންދާނީ ދުވާލަކު 100 ޓަނުގެ ދަޅު މަސް ބަންދުކުރާ ފެކްޓްރީއަކަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެތަނުގައި 3،000 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖްއަކާ އެކު، 100 ޓަނުގެ ފިޝް މީލް ޕްލާންޓަކާއި 50 ޓަނުގެ އައިސް ޕްލާންޓެއް ވެސް ގާއިމުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ފެކްޓްރީއާ އެކު އެ ސަރަހައްދުގެ މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުން އެކި ވައުދުތައްވެ، އެކި އުއްމީދުތައް ދިނުމަށް ފަހު ވެސް އޭގައި އޮތީ ކުލަ ނުޖެހި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގދ. ފިޔޯރި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ