އަތޮޅުތެރޭގައި ފަށާ ހައުސިންގ މަޝްރޫޢުތަކަށް މި މަހު އިޢުލާންކުރާނަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ޖެނުއަރީ މަހުގެ ތެރޭގައި އަތޮޅުތެރޭގައި ފަށާ ހައުސިންގ މަޝްރޫޢުތަކަށް އިޢުލާންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ކ. ގުޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހަދާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ބަޖެޓުގައި ކަނޑައަޅާފައިވާ އަތޮޅުތެރޭގެ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާންކުރާނެ ކަމަށެވެ.

”މި މަހުގެ ތެރޭގައި ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާފައި މިހާރު އަޅުގަނޑު ވައުދުވެފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ކެމްޕެއިން ތެރޭގައި މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގައިދޭނެ ފަރާތްތައް ހޯދަން އަމަލީ ގޮތުން މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް އަޅުގަނޑުމެން އެބަ އިޢުލާން ކުރަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބިން ހިއްކައި ޖާގަ އިތުރުކުރެވިފައި ހުރި ރަށްރަށުގައި ވެސް ކުރިއަށް ހުރި އަހަރުތަކުގައި އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކުރިންވެސް ރާވައިފައިވާގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ހައްލު އަންނާނެ މަޝްރޫޢު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އިތުރު ކުންފުނިތަކުން ޑްރެޖަރު މޮބިލައިޒްކޮށްގެން އެތައް މަޝްރޫޢުތަކެއް އެއްފަހަރާ ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

”މި އަހަރަކީ ގެދޮރުގެ މައްސަލަ ހައްލުކުރުމުގައި ޢަމަލީ ގޮތުން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރަށް ވެގެންދާނެ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ މި އަހަރަކީ ތަރައްޤީގެ ޢަމަލީ އަހަރަކަށް ހަދާނެ ކަމަށެވެ. އަދި ގެދޮރުވެރިކަމުގެ އިތުރުން ތަޢުލީމީ، ޞިއްޙީ، ކުޅިވަރު އަދި އިޤްތިޞާދީ ދާއިރާތަކުން ވެސް ޢަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ގުޅި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ