2025 ވަނަ އަހަރުގެ ފުރަތަމަ ދަތުރުފުޅުގައި ރައީސް ގުޅިއަށް ވަޑައިގަންނަވަނީ

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ އަތޮޅު ގުޅީ އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބެނެފި އެވެ.

ރައީސް ޑރ. މުުޙައްމަދު މުޢިއްޒު މި އާއަހަރު ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ ކ. ގުޅީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅެވެ.

ރައިސްގެ މިދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާއި ވެސް އެމަނިކުފާނު ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް މިވަގުތު އެންމެ މުހިންމު ކަންތައްތައް ބައްލަވާލައްވާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެ އެވެ.

ރައީސް ވަނީ މިދިޔަ މަހު އަރިއަތޮޅުގެ ދެކުނުބުރީ ބައެއް ރަށްތަކާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ޙާލު ބައްލަވައި، އެރަށްރަށަށް މިވަގުތަށް އެންމެ ބޭނުންވާ މުހިންމު ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ވަޢުދުތައް ވެވަޑައިގެންފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ގުޅި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ