ސިޔާސީ މުވައްޒަފުންނަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭ މައްސަލަ ނަގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ދައުލަތާއި ދެކޮޅަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، މައްސަލަ އަނބުރާ ނަގައިފި އެވެ.

ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ދައުލަތާއި ދެކޮޅަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވަނީ 31 އޮކްޓޫބަރު 2024 ގަ އެވެ. މިގޮތަށް ނިންމާފައިވަނީ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ރައްދުވާ މީހެއްގެ ވަކީލެއްގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު ރާގިބް އަހުމަދު ހައިކޯޓަށް ވަޑައިގަތުމުންނެވެ.

ހައިކޯޓުގެ މި ނިންމުން ރާގިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ނޮވެމްބަރު މަހު އެވެ. އެހެންނަމަވެސް ރާގިބު މިހާރު ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. އެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ އޭނާ އައްޔަނު ކޮށްފައިވާ މަގާމުން ވަކިކުރުމުންނެވެ.

ރާގިބު މަގާމުން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެކޮޅަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި ހިސާބުންނެވެ. އެ މައްސަލައަކީ ތިނަދޫއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާތިލު ކުރުމަށް ހުށަހެޅި މައްސަލައެކެވެ. އެހެންނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެނީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ސުޕްރީމް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ