ހުޅުމާލޭގެ އެންމެ ބާރުބޮޑު އެއް މަގު، ވަންވޭއަކަށް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އައު އަހަރު ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، އެ ސަރަހައްދުގެ އެންމެ ބާރުބޮޑު އެއް މަގު ވަންވޭއަކަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ ބުނެފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ އައު އަހަރު ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅިގެންނެވެ. މިގޮތުން، އެ ސަރަހައްދުގެ މައިގަނޑު މަގުތަކުގެ ތެރެއިން އެއް މަގު ވަނީ ވަންވޭއަކަށް ބަދަލުކޮށްފަ އެވެ. އެއީ ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް، ރެޑްވޭވް މެގަމޯލް ހިމެނޭ މަގު އެވެ.

މިރޭ ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ރާއްޖެއަށ ރާއްޖެއަށް ފަތުރުވެރިއަކު ޒިޔާރަތްކުރާ ދަތުރު ދައްކުވައިދޭ ޑްރޯން ޝޯއެއް ހިމެނެ އެވެ. މީގެ އިތުރުން، ބޮޑުބެރާއި ދަފި ނެގުން ފަދަ ސަގާފީ ހަރަކާތްތައް ދައްކާލުމާއި، ތަފާތު ރަހަތައް ހިމެނޭ ކާބޯތަކެތީގެ ސްޓޯލްތައް ބެހެއްޓުން ހިމެނެއެވެ. އަދި ރޭގަނޑު 12:00 ޖަހާއިރު ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ފުލުހުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ޓްރެފިކަށް ސަމާލުކަންދީގެން ދަތުރުތައް ކުރިއަށްގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ.

ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ގެންނަ ބަދަލު ދައްކުވައިދޭ ޗާޓެއް

ހުޅުމާލެ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ