ޑްރޯން މެދުވެރިކޮށް ހޯދީ ލަންކާގެ ބޯޓު ފުލުހުންނާއި ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ގަވައިދާ ހިލާފަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދަަަށް ވަދެގެން އުޅެނިކޮށް ޑްރޯން މެދުވެރިކޮށް އަތުލައިގަތް ބޯޓު ފުލުހުންނާ ހަވާލުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގެން އެ ބޯޓު ފުރަތަމަ ހަވާލުކުރީ ކޯސްޓްގާޑަށެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެއީ ސްރީލަންކާ އަށް ނިސްބަތްވާ އުޅަނދެއް ކަމަށާއި، އެ އުޅަނދުގައި 3 މީހަކު ތިބި ކަމަށެވެ.

ޑްރޯން ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރާ ލަންކާގެ މަސް ބޯޓުތައް މީގެ ކުރިން ވެސް އަތުލައިގެންފައިވެ އެވެ.

މި ސަރުކާރުން ތުރުކީން ތިން ޑްރޯން ގެނައުމަށް ފަހު އެ ޑްރޯންތައް އޮޕަރޭޓްކޮށް ފުރަތަމަ ފަހަރަށް ވައިގެ ބާރެއް މިދިޔަ މާޗު މަހު ވަނީ ތައާރަފްކޮށްފަ އެވެ.

މިއާއިއެކު ރާއްޖެއަށް ގަވައިދާ ހިލާފަށް ވަދެގެން އުޅޭ ބޯޓުތައް ހޯދަން ވަނީ ފަސޭހަވެގެން ގޮސްފަ އެވެ.

އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ