ފެނަކައިގެ އިން-ހައުސް ސޯލާ ޕްރޮގްރާމުން އަހަރަކު 19.9 މިލިޔަން ރުފިޔާގެ ޑީސަލް ސަލާމަތްކުރެވޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފެނަކަ ކޯޕަރޭޝަނުން ހިންގަމުންދާ އިން ހައުސް ސޯލަރ ޕްރޮގްރާމްގެ ސަބަބުން އަހަރަކު 19.9 މިލިޔަން ރުފިޔާގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ޕްރޮގްރާމްގެ ދަށުން ފެނަކައިގެ ހުރިހާ އޮފީސްތަކާއި އިންޖީނުގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރެވޭނެ އެވެ.

ފެނަކައިގެ ފާއިތުވި އަހަރުގެ މަސައްކަތްތައް ހިމަނައިގެން ހަދާފައިވާ ރިޕޯޓުގައި ބުނާ ގޮތުން މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 5.2 މެގަވޯޓްގެ ސޯލާ ހަރުކުރެވޭނެ އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 92 މިލިޔަން ރުފިޔާކަމަށް ފެނަކައިން ބުނެ އެވެ. މި މަޝްރޫޢުގެ ސަބަބުން އަހަރަކު 2.6 މިލިޔަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް ލަފާ ކުރެވޭކަމަށް ފެނަކައިން ބުނެފައިވެ އެވެ. މީގެ ސަބަބުން އަހަރަކު 19.9 މިލިއަން ރުފިޔާ

މީގެ އިތުރުން، 18 އަދި 30 ކިލޯވޯޓުގެ ގްރިޑް ޓައިޑް ސޯލާ ހަރުކޮށް، 12 ރަށެއްގެ ފެނަކަ އޮފީހުގެ ފުރާޅުގައި ސޯލާ ހަރުކޮށް މި އަހަރު ނިންމާލާފައިވާ ކަމަށްވެސް ފެނަކައިން ބުންޏެވެ.

ފެނަކައިން އިއާދަ ކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާއިރު ސްޓެލްކޯއިންވެސް ވަނީ އިއާދަ ކުރަނިވި ހަކަތައަށް ބަރޯސާވުމަށް ޕައިލެޓް ޕްރޮގްރާމެއް ފަށާފަ އެވެ. އެގޮތުން ސްޓެލްކޯއިން ވަނީ ވ. ރަކީދޫގައި ސޯލާއިން ހިދުމަތް ދިނުމަށް ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފަ އެވެ.

އިޔާދަ ކުރަނިވި ހަކަތަ ފެނަކަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ