ނޮވެމްބަރު މަހު 120 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ ނޮވެމްބަރު މަހު ރާއްޖެއިން 120 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ދަޅު މަހެވެ، އެގޮތުން 41 މިލިއަން ރުފިޔާގެ ދަޅު މަސް އެކްސްޕޯޓް ކުރި އިރު ދެން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑު ކުރި ކަޅުބިލަ މަހެވެ. އެކްސްޕޯޓް ކުރި ގަނޑުކުރި ކަޅު ބިލަ މަހުގެ އަގު 39 މިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ އިތުރުން 9 މިލިއަން ރުފިޔާގެ ގަނޑު ކުރި ކަންނެލިވެސް އެކްސްޕޯޓްކޮށްފައިވެ އެވެ.

ނޮވެމްބަރު މަހުރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސި ވިލާތަށެވެ. އިނގިރޭސި ވިލާތަށް 30 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އިރު ތައިލެންޑަށް ވަނީ 24 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. ވިއެޓްނާމަށާއި ގަރުމަނަށް ވަނީ 11 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އިމްޕޯޓު އުޅެނީ 4 ބިލިއަން ރުފިޔާގަ އެވެ. މިއީ ތެލަށް ކުރި ހޭދައާއެކު ނޮވެމްބަރު މަހު އިމްޕޯޓްކުރި މުދަލުގެ އަގެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެލަށް ކުރި ހޭދައާކެކު އިމްޕޯޓް ކުރި 4.3 ބިލިއަން ރުފިޔާއަށް ވުރެ ކުޑަ އަދަދެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެ ގޮތުން 883 މިލިއަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތް އެތެރެކޮށްފައިވެ އެވެ.

ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ އިން މުދާ އިމްޕޯޓްކުރީ ޔޫއޭއީ އިންނެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާ އަދި އިންޑިއާ އިންނެވެ. މި 3 ގައުމުން އެކަނިވެސް 2.18 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

ކަސްޓަމްސް އިމްޕޯޓް އެކްސްޕޯޓް މަސްވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ