ޑިސެމްބަރު ވިއްސާރައިގައި 2 ދުވަހުން އެހީތެރިކަމަށް އެދި 178 ކޯލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިސެމްބަރު މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި 2 ދުވަހެއްގެ މަތިން އެހީތެރިކަމަށް އެދި 178 ކޯލް ލިބުނުކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރާއިގައި 3 ރަށަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވާ ކަމަށާއި އަދި ވެރިރަށް މާލޭގައިވެސް ފެންބޮޑުވުމުގެ ހާދިސާއެއް ހިނގާފައިވާކަމަށް ބުނެފައިވެ އެވެ.

ޑިސެމްބަރު 17 ގައި ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 3 ރަށަކުން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ އަދި ޅ. ކުރެންދޫ އެވެ. މިރަށްތަކުގެ ތެރެއިން ގޭގެއަށް ފެންވަދެ ގެއްލުން ލިބިގެން ރިޕޯޓު ކުރީ ނ. ހެނބަދޫއިން އެކަނިކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ. ފެންވަދެގެން އެރަށުގެ 80 ގެއަކުން ރިޕޯޓުކޮށްފައިވެ އެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް ގެއަކުން މީހަކު ބަދަލު ކުރަންޖެހޭފަދަ ހާލަތަކަށް ގޮސްފައި ނުވޭ.

ހެނބަދޫއިން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 27 ގެއަކުން ޑެމޭޖް އެސެސްމެންޓް ހެދުމަށް ފަހު ފޯމު ފޮނުވާފައިވާކަމަށާއި އިތުރު ރަށަކުން ޑެމޭޖް އެސެސްމެންޓެއް ފޮނުވާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ޑިސެމްބަރު 21 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި އެންޑީއެމްއޭއާއި ސިފައިންނާއި ރެޑް ކްރެސެންޓް އަދި ފުލުހުންގެ ހޮޓްލައިންތަކަށް 98 ކޯލް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. މީގެ ތެރޭގައި ވެލި ބަސްތާ ޖަހައިދިނުމަށް އެދި 70 ކޯލާއި ގެއްލުންތައް ރިޕޯޓް ކުރުމަށް 21 ކޯލާއި ސީދާ ޒަރޫރީ އެހީތެރިކަމަށް އެދި 7 ކޯލެއް ލިބުނުކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.

ޑިސެމްބަރު 21 ގައި މާލެއަށް ކުރި ވިއްސާރައިގައި 49 ތަނެއްގައި 304 ވެލި ބަސްތާ ޖަހާފައިވާއިރު 8 ގެއަކުން 32 މީހުންނަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފަ އެވެ.

އެމްއެންޑީއެފް މާލެ ސިޓީ ކައުންސިލް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ