ބިންވެރިޔާ ސްކީމްްގެ ލިޔުންތަކެއް ފޯޒްކޮށް، ގޯތިތަކެއް ދީފައިވާ މައްސަލާގެ ތަހުގީގަށް 20 މިހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެނިފައިވާ ގޮތުގައި މި މައްސަލާގައި ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެންމެ ބޮޑަށް މި މައްސަލައިގެ ތުހުމަތުވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި، އޭނާގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ހިމެނޭހެން އެވެ. އަދި އޭގެއިތުރުން ހައުސިން މިނިސްޓްރީއާ، އެޗްޑީސީގެ ގިނަ ވެރިންތަކެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ.
ނަމަވެސް ދެން ޕާސްޕޯޓް ހިފަހައްޓާފައިވާ މީހުންގެ މައުލޫމާތެއް އަދި ކަށަވަރެއްނުވެ އެވެ.
މައްސަލައިގެ ތުހުމަތުވާ އެޗްޑީސީއާ ހައުސިން މިނިސްޓްރީގެ ގިނަވެރިންތަކެއް މިހާރުވެސް ތިބީ ސަސްޕެންޝަންގަ އެވެ. އޭގެތެރޭގައި އެޗްޑީސީގެ ޗެއަރމަން ފިިޔަވާ ބޯޑުގެ ހުރިހާ މެމްބަރުންވެސް ހިމެނެ އެވެ.
އެޗްޑީސީ އިން ގޯތި ދިނުމުގައި ބޮޑު ހިޔާނާތެއް ހިންގާފައިވާކަން ހާމަވީ، ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ލިޔުންތަކެއްގގަ އެވެ. މި ލިޔުންތަކުން ދައްކާގޮތުގައި، ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗްޑީސީއަށް ހުށައަޅާފައިވެ އެވެ.
މި މައްސަލައިގައި، އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައިވެ އެވެ. މި ސިޓީގައި އެދިފައިވަނީ ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރުމަށެވެ.
ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، ބިންވެރިޔާ ސްކީމުން ހުޅުމާލެއިން އެއް ލޮޓް ނަންބަރަކުން ބިން ލިބިފައިވާ ކަމަށް ބުނާ ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅާފައިވެ އެވެ. މި ދެ ފަރާތުގެ ތެރެއިން އެކަކީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލްކަން ވެސް ސިޓީން އެނގެ އެވެ.
މި މައްސަލައާ ގުޅިގެން، 15 އޮގަސްޓްގައި ހައުސިންގ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށެވެ. އެހެންނަމަވެސް، މުހައްމަދު ފަޒީލްއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބި އޭގެ އެގްރިމެންޓް ކަމަށް ”ފޯޖް“ ކޮށްފައިވާ އެގްރިމަންޓެއް ވެސް ލީކްކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވަނީ މިއީ ފަޒުލްގެ ނުފޫޒުން ހިންގާފައިވާ ކޮރަޕްޝަނެއް ކަމަށެވެ.
އޭގެއިތުރުންވެސް އެޗްޑީީއާ ގުޅުންހުރި ބޮޑެތި ހިޔާނަތްތަކެއްވެސް އަންނަނީ ސޯޝަލް މީޑިއާގައި ފެންމަތިކުރަމުންނެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ބިންވެރިޔާ ސްކީމް އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް