ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުންތަކެއް މުޒާހަރާ ކުރަން ފަށައިފި އެވެ.
ހުޅުމާލެއިން ހައިވޭއަށް އަރަންދާ މަގުގައި، ކުރީގެ ބަސް ޓާމިނަލް ކައިރިއަށް ޓެކްސީ ޑްރައިވަރުންތަކެއް އެއްވެ އެ މަގުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދަތުރު ނުކުރެވޭ ގޮތަށް މަގު ވަނީ ބަންދުކޮށްފަ އެވެ. މީގެ ސަބަބުން އާންމު ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފަ އެވެ.
ޑްރައިވަރުން އެ މަގު ބަންދުކޮށްފައިވަނީ އެ މީހުންގެ ޓެކްސީތައް ބޭނުންކޮށްގެންނެވެ. އެގޮތުން އެ ސަރަހައްދަށް ކާރުގައި ގޮސް ކާރު ހުއްޓުނީކަމަށް ހަދާ ކާރު ޖެހުނުތަނަކަށް މަޑުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.
އެ ސަރަހައްދުގައި ފުލުހުންވެސް މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ. ފުލުހުން ސުވާލު ކުރުމުން އިންޖީނު ހުއްޓިފައިވާކަމަށް ޓެކްސީ ޑްރައިވަރުން ދަނީ ބުނަމުންނެވެ.
— އިތުރު ތަފްސީލް އަންނަނީ —