ކަނޑުފަޅުން އާމްދަނީ ހޯދުމަށް މަސްވެރިން ކުރަނީ ބުރަ މަސައްކަތެއް: ނައިބު ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހި މަސްވެރިން ކަނޑުފަޅުން އާމްދަނީ ހޯދުމަށް ކުރަމުންދަނީ ވަރަށް ބުރަ މަސައްކަތެއްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގަ އެވެ.

ނައިބު ރައީސް ވިދާޅުވީ، ”ކަށީން ހިތްވަރު ނެރެގެން ކަނޑުފަޅުން އާމްދަނީ ހޯދުމަށް ދިވެހި ހީވާގި މަސްވެރިން އެކުރައްވަމުން ގެންދަވަނީ ފިސާރި ބުރަ މަސައްކަތެއް“ ކަމަށެވެ. އަދި މިއީ އިހުގައިވެސް ދިވެހީންގެ ފަޚުރެއްގެ ގޮތުގައި އޮތް ދިވެހި އިޤްތިޞާދުގެ ލޭނާރުކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މުހިންމުކަންވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަށް ފާގަތިކަމާއި ފަހިކަން މިންވަރުކުރެއްވުމަށް އެދި ނައިބު ރައީސް ވަނީ ދުޢާ ކުރައްވާފަ އެވެ.

މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 10 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ހިތްވަރާއި ކެތްތެރިކަން ފާހަގަކުރާ ދުވަހެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަސްވެރިންގެ ދުވަހާ ދިމާކޮށް އެމަނިކުފާނު މަސްވެރިންނަށް ވެވަޑައިގެންނެވި ވަރަށް ބޮޑު ވައުދުފުޅެއްވެސް ފުއްދަވާފަ އެވެ. އެގޮތުން މަސްވެރިން މަސް ކިރާތާ 48 ގަޑި ިއރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސަވާފައިވާނެކަމަށް ރައީސް މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް މަސްވެރިންގެ ދުވަސް މަސްވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ