ސައިބާ ކްރައިމް ހުއްޓުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ހިންގާ ސައިިބާ ކްރައިމްގެ އަމަލުތައް ހުއްޓުވުމަށްޓަކައި ގާނޫނުލްއުގޫބާތުގައި އެ ކުށްތައް ހިމަނާ އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލަށް ވޯޓަށް އަހާފަ އެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ.

ސައިބާ ކުށްތަކުގެ ގޮތުގައި ހިމަނާފައިވާ ކަންކަން

  • ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސްވުން
  • އިތުރު ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސްވުން
  • ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާއަށް އިންޓަސެޕްޓްކުރުން
  • ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އިންޓަފިއާ ކުރުން
  • ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން
  • ސައިބާ ވަޔަލަންސްގެ އަމަލުތައް
  • ކޮމްޕިއުޓަރާއި ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
  • ކޮމްޕިއުޓަރާއި ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
  • ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

މި ބިލުގައި މިއިން ކޮންމެ އަމަލެއް ކުށެއް ކަމުގައި ބެލޭނެ މިންގަނޑާއި ކުށެއް ނޫން ކަމުގައި ބެލޭނެ މިންގަނޑާއި މި ކުށްތަކަށް ކަނޑައަޅާނެ އަދަބުތައްވެސް ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ދިވެހި ފުލުހުންގެ ޚިދުމަތް ސައިބަރ ކްރައިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ