ޕީޕީއެމް އުވާލަން ނިންމައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލަން އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު ސެނެޓުގެ ޚާއްޞަ ބައްދަލުވުމެއްގަ އެވެ. އެގޮތަށް ސެނެޓުން ފާސްކުރީ، ސެނެޓުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ޕީޕީއެމްގެ ސެނެޓުން އޮކްޓޫބަރު 17 ގައި ވެސް ކުއްލި ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އެ ބައްދަލުވުމުގައިވަނީ ޕާޓީ އުވާލަން ފަސޭހަކުރަން އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޕާޓީ އުވާލެވޭނީ ސެނެޓުގައި 4/3 ސެނެޓަރުންގެ ވޯޓުން ކަމަށް އޮންނަ މާއްދާ 3/2 ސެނެޓަރުންގެ ވޯޓުން ކަމަށް ބަދަލުކޮށްފައިވެ އެވެ. އަދި ޕާޓީ އުވާލަން ހުށަހެޅޭނީ މާލީ ސަބަބުތަކަށްޓަކައި ކަމަށް ބުނާ މާއްދާ ވަނީ ލީޑާޝިޕަށް ފެނިއްޖެ ނަމަ ޕާޓީ އުވާލަން ހުށަހެޅޭނެ ގޮތަށް ބަދަލުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތުތައް ދައްކާގޮތުން ޕީޕީއެމްގައި އޮކްޓޯބަރު 27ގެ ނިޔަލަށް ތިބީ 34،698 މެންބަރުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއި ޕީއެންސީން ގުޅިގެން އިންތިހާބު ކާޟިޔާބު ކުރި އިރު އިންތިހާބަށް ފަހު ޕީޕީއެމްގެ މާ ބޮޑު ހަރަކާތެއް ފެނިގެން ގޮސްފައި ނުވާކަން ފާހަގަކޮށްލެވެ އެވެ. އޭގެ ފަހުން ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ އެތަށް ހަރަކާތެއްވެސް ވަނީ ހިންގާފަ އެވެ.

ޕީޕީއެމްއަކީ 2011 ވަނަ އަހަރު އުފެދުނު ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ އުފެއްދެވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ. ޕީޕީއެމްއިން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދާފަ އެވެ. އެ އަހަރު ޕީޕީއެމްގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

ޕީޕީއެމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ