މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފައިސާގެ އިނާމު ލިބޭ ކައްކާ މުބާރާތެއް ބާއްވަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފި އެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ކުރި އިއުލާންކުރި މި މުބާރާތަށް ކިޔަނީ ”ރަހަވަރު“ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު 3 ވަނަ ދުވަހުގެ ނިޔަަލަށް ވަނީ ހުޅުވާލައިފައެވެ.
މި މުބާރާތުް އެއް ވަނަ ދާ ފަރާތަކަށް 10،000ރ. ދެވަނައަށް ދާ ފަރާތަކަށް 7،000ރ. އަދި ތިން ވަަނައަށް ދާ ފަރާތަކަށް 5،000ރ.ގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރ 10 ގަ އެވެ. މި ދުވަހާއި ގުޅިގެން މަސް ރޭސް ފަދަ އެކި ހަރަކާތްތައް ބާއްވަން ފިޝަރީޒް މިނިސްޓްރީ އިން ރާވާފައި ވެއެވެ. އަދި އެ ދުވަހުގައި މަސްވެރިންގެ އަގު ވަޒަންކޮށް، މަސްވެންގެ އެވޯޑްވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.
މަސްވެރިންގެ ދުވަސް މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް