ފަތުރުވެރިޔަކަށް މިޔަރެއް ހިމަލާދީ، ފަރުވާދޭން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ކ. މާފުށިން ޑައިވިންއަށް ދިޔަ ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދީގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވިި މެސެޖެއްގައި ބުނެފައިވަނީ މާފުށިން ޑައިވިންއަށް ދިޔަ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމަތު ލިބިގެން، ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެ މީހާ އިތުރު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެނެވި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އެއީ 45 އަހަރުގެ ޗައިނާ ފަތުރުވެރިއެއްކަމަށް ފުލުހުން ބުނެ އެވެ.

މިޔަރު ބެލުމަށް ފަތުރުވެރިން ޑައިވިން ޕޮއިންޓްތަކަށް ފޭބުމަކީ މިހަރު އާންމު ކެމެކެވެ. އަދި ބައެއް ހަލަތްތަކުގައި މިޔަރުގެ ހަމަލާ ދިނުމުގެ ސަބަބުން ފަތުރުވެރިޔާއަށް ސީރިއަސް އަނިޔާތައްވެސް ލިބިފައި އެބަހުރި އެވެ.

ކ. މާފުށި ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ