ލޯބިވެރިޔާއަށް ބިރު ދައްކައި، ބްލެކްމެއިލްކުރި ފުލުހެއް ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އއ. މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެއް ކަމަށްވާ ޒައިދާން މުހައްމަދު (19އ) އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި، އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާ ވިޑިއޯ ސޯޝަލް މީޑިއާގައި ލޯކްކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ، ބްލެކްމެއިލްކުރި މައްސަލާގައި އެ ފުލުސް އޮފިޝަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ ރެކްރޫޓް ފުލުހެއް ކަމަށާއި، އޭނާ އިއްޔެ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ ފުލުސް މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުޤީޤްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
