އަންނަ އަހަރު ބައެއް އަތޮޅުތަކުގައި ނޭޗާ ޕާކު އަޅަން ވަނީ ރާވަފަ: މިނިސްޓަރު ޠާރިޤު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ނޭޗާ ޕާކް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ރާވާފައިވާކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޠާރިޤު މިހެން ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ރައިސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ގާއިމު ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލްތަކެއް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް އެޅުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމުން ޕްރޮޕޯސަލްތަކެއް ލިބިފަ ވަނީ. މިހާރު މިދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަމުން.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ބައެއް ތަންތަން ނޭޗާ ޕާކުގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

މިވަގުތު އައްޑޫ އަދި ފުވައްމުލަކުގައި ނޭޗާ ޕާކު އަންނަނީ ހިންގަމުންނެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ އަދި ފުވައްމުލަކުގެ ނޭޗާ ޕާކު މާރާމާތުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އިން ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ