އޮޑިޓު އޮފީހުން ފޮނުވި 99 މިލިއަންގެ ބަޖެޓު 114 މިލިއަނަށް އިތުރުކޮށް، ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އޮޑިޓު އޮފީހުން 2025 ވަނަ އަހަރަށް ލަފާ ކުރި އެ އޮފީހުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކޮށްފައިވަނީ މިއަދު މާލިއްޔަތު ކޮމިޓިން ބޭއްވި ބައްދަލުވުމުގަ އެވެ.

އޮޑިޓް އޮފީހުން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވަނީ 99 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު، ކޮމިޓީއަށް ލިބުމުން އެ ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދާފަ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އޮޑިޓް އޮފީހުން ލަފާ ކުރި ބަޖެޓު ބޮޑުކަމަށް ބުނެ ބަޖެޓު ކުޑަ ކުރުމަށް ލަފާ ދީފަ އެވެ. އަދި ކެޕިޓަލް ހަރަދުގެ ބައިގައި 19 މިލިއަން އިނުމުން އެ އަދަދު 34 މިލިއަނަށް ބޮޑު ކުރުމަށްވެސް ފިނޭންސުން އެދިފައިވެ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރުން ގާސިމް އިބްރާހިމް ވިދާޅުވީ އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން ފާސް ކުރާ ބަޖެޓެއް ކަމަށާއި އެކަން އެގޮތަށް ކުރަނީ ފިނޭންސް މިނިސްޓްރީގެ ނުފޫޒު އެއަށް ނުފޯރުވުމަށް ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އޮޑިޓު އޮފީހުން ފޮނުވާފައިވާ ގޮތަށް ބަޖެޓު ފާސް ކުރުންކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމްގެ ވާހަކައަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ތާއީދު ކުރައްވާފަ އެވެ. ނަމަވެސް ޝުޖާއު ވިދާޅުވީ އޮޑިޓު އޮފީހުގެ ކެޕިޓަލް ހަރަދުގެ ގޮތުގައި 19 މިލިއަން ރުފިޔާ ލިޔެވިފައި އޮތުމަކީ ކުށަކަށް ވެދާނެކަމަށް ފިނޭންސްއިން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ އަދަދު 34 މިލިއަނަށް ބޮޑު ކުރުމަށް ބުނެފައިވުމުން އެކަން އެގޮތަށް އިސްލާހު ކުރުމަށް ފަހު 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރުމަށް ޝުޖާއު ހުށަހެޅުއްވި އެވެ.

ޝުޖާއުގެ ހުށަހެޅުއްވުމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ އެ ހުށަހެޅުއްވުމަށް ތާއިދު ކުރައްވާފަ އެވެ. އެއާއެކު ވޯޓަށް އެހުމުން މެންބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރް މޫސާ ވަނީ ދެބަސްވެފަ އެވެ. އެގޮތުން އޮޑިޓު އޮފީހުން އެދުނު ގޮތަށް އެ އޮފީހުގެ ބަޖެޓު ފާސްކުރަން ހުށަހަޅާކަމަށް ގާސިމަށް ބުނެވުމުން ގަފޫރު ވަނީ އެކަމާ ހިތްހަމަ ނުޖެހިފަ އެވެ. އަދި މުގައްރިރަކަށް ކަންކަމެއް ހުށައެއް ނޭޅޭނެކަމަށް އޭނާ ވިދާޅުވި އެވެ. މިއާ ގުޅިގެން ގާސިމް ވިދާޅުވީ އޭނާއަކީވެސް ކޮމިޓީގެ މެންބަރެއްކަމަށާއި ކަންކަން ހުށަހެޅޭނެ ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އޮޑިޓާ ޖެނެރަލް މާލިއްޔަތު ކޮމެޓީ ގާސިމް އިބްރާހިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ