މުރައިދޫ ގޭގެ މުވައްޒަފުންގެ އަދަދާއި މުސާރައާ ގުޅިގެން 241 ކޮމިޓީ ސިއްރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މުރައިދޫ ގޭގެ މަވައްޒަފުންގެ އަދަދާއި މުސާރައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ކޮމިޓީއަށް ހުށަހެޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެކޮޅު، މުރައިދޫގޭގައި ތިއްބަވާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލު ހޯދުމަށް އެކިއެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތަކާ ގުޅިގެން މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީއެއް ކަމަށެވެ.

ސަލީމް ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮތުމުން މި ސިޓީއަށް ޖަވާބު ނުދެވި މުއްދަތު ހަމަވުމުން މި މައްސަލަ ބެލުށް އިތުރު 15 ދުވަސް ހޯދާފައިވާ ކަމަށެވެ.

241 ކޮމިޓީގެ މިއަދު ބައްދަލުވުން ސިއްރު ކުރަން ފެނޭތޯ ސަލީމް ވަނީ ކޮމިޓީގައި އައްސަވާފަ އެވެ. އެއާއެކު ޕީއެންސީގެ ޕީޖީ ލީޑަރު އަދި 241 ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް ފަލާހު ވަނީ ކޮމިޓީ ސިއްރު ކުރަން ހުށަހަޅާފަ އެވެ. މި ހުށަހެޅުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ތާއިދު ކުރައްވާފަ އެވެ. ސިއްރު ކުރަން ފެނޭތޯ ވޯޓަށް އެހުމަށްފަހު އެ ކޮމިޓީގެ ލައިވް މަޖިލީހުގެ ޔޫޓިއުބުން ވަނީ ނިންމާލާފަ އެވެ.

241 ކޮމެޓީ ރައްޔިތުންގެ މަޖިލިސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ