ކައުންސިލްތަކުން ވަކިފިކުރެއްގެ ދަށުން ވަކި އެޖެންޑާއެއްގެ ދަށުން މެރިޓްއުސޫލަށް ބެލުމެއްނެތި ވަޒީފާތަކަށް މީހުންނެގުމަކީ ގާނޫނީ އިމުގެތެރެއިން ހުއްޓުވަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭކަމަށް، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.
ހުސްނީ މިހެން ވިދާޅުވީ، ތިލަދުއްމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ ބިމުގައި ދެބުރިއިމާރާތެއް ހިންގުމަށް ދެބުރި އިމާރާތެއް އެޅުމަށް ކޮށްފައިވަ ހަރަދުތަކައި ގުޅޭ އެސިސްމެންޓް ރިޕޯޓް މާލިޔަތު ކޮމެޓީއިން ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުންް ވާހަކަފުޅު ދައްކަވަމުންނެވެ.
ހުސްނީ ވިދާޅުވެފައި ވަނީ، މި ކަމަކީ އެއްވެސް ހާލެއްގައި ކައުންސިލްތަކަށް ދީފައިވާ ބާރު މަޖިލީހުގެ ތެރެއިން ނައްތާލުމަށް ކުރާ ކަމައެއް ނޫން ކަމަށާއި، ކައުންސިލްތަކަށް ވެސް ދައުލަތުން ބަޖެޓުދޭ ހާލަތުގައި ގާނޫނުގައި ކަނޑައެޅި ތަރުތީބު ކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ކައުންސިލްތަށް ހިނގަން ޖެހޭނެ ކަމަށެވެ.
”މިގޮތަށް ކައުންސިލްތަށް ބާރުވެރި ކުރުވުމަށް ސަރުކާރުން ކައުންސިލްތަކަށް ފަޅުރަށްތަށްދީގެން އަދި އެނޫންވެސް ގޮތްގޮތަށް ބާރުވެރި ކުރުމަށްޓަކައި މި ސަރުކާރުން އެބަ ގެންދޭ މަސައްކަތް ކުރަމުން.“
މި ގޮތަށް މަސައްކަތް ކުރެވެމުން ދާއިރު ކައުންސިލްތަކުން ނަހަމަ ގޮތުގައި، އެކަން ކުރަމުންދާނަމަ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަށް ގެނެސްގެންވެސް އެ މެކޭނިޒަމް ގާއިމްކުރަން ޖެހޭކަން ކަމަށާއި މިކަމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް ހުސްވީ ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީ މެންބަރު ހުސްނީ މުބާރަކް ލާމަރުކަޒީ ނިޒާމް