ރާއްޖޭގެ ތަރައްގީގައި ޔޫއެންޑީޕީގެ ދައުރު މުހިންމު ކަމަށާއި އަދިވެސް އެ ދައުރު ރާއްޖެއަށް ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހަވީރު ޔޫއެންޑީޕީއަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓްގެ މެންބަރުންނާއި ޔޫއެންޑީޕީގެ މުހިއްމު ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި 45 އަހަރު ތެރޭގައި ރާއްޖެއާއި އދ. ގެ ގުޅުން ވަރުގަދަވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އދ. އިން ދޭ އެއްބާރުލުމަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ އުންމީދުތަކާއި ގޮންޖެހުންތައް ހައްލުކުރުމުގައި ވަރަށް މުހިންމު އެއްބާރުލުމެކެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މޯލްޑިވްސް-ޔޫއެންޑީޕީ ޕާޓްނާޝިޕް ބިނާވެފައިވަނީ ކުރިއެރުމާއި ތަރައްގީގެ މައްޗަށެވެ. އދ. އިން ފޯރުކޮށްދިން ދެމެހެއްޓެނިވި ތަރައްގީގެ ޒަރީޔާއިން ދިވެހިންގެ މުސްތަގުބަލު އުޖާލާވި ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރުމުގައިވެސް ޔޫއެންޑީޕީ އިން ފުޅާ ދައުރެއް އަދާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޔޫއެންޑީޕީން ފާއިތުވި އަހަރުތަކުގެ ތެރޭގައި މޫސުމީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، އިގްތިސާދު ސިންދަފާތު ކުރުމާއި، އަންހެނުން ބާރުވެރިކުރުމާއި، ރަނގަޅު ވެރިކަމާއި، މުއައްސަސާތައް އިސްލާހުކުރުމުގެ މައްޗަށް ބިނާކޮށް މަސައްކަތްތަކެއް ފެށި ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ޑިޖިޓަލް އިގްތިސާދާއި ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް ބޮޑަށް ސަމާލުކަންދީ، 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އެމަނިކުފާނުގެ ވެރިކަމުގެ އުންމީދުތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފަ އެވެ. މި ލަނޑުދަނޑިަނޑިތައް ހާސިލް ކުރުމަށް ޔޫއެންޑީޕީގެ ދެމިއޮތް އެއްބާރުލުމަށް ބަރޯސާވާ ކަމަށާއި، މިހާރު ކުރިއަށްދާ ވިހި އަހަރުގެ ތަރައްގީގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) އެކުލަވާލުމުގައި ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރުވެރިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
”އެކީގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ކާމިޔާބީތައް ފާހަގަކޮށް، ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގެ ގޮންޖެހުންތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ގައުމަށް އުޖާލާ މުސްތަގުބަލެއްގެ މަގެއް (ޔޫއެންޑީޕީ އިން) އެކުލަވާލާފައިވޭ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ މި ވާހަކަފުޅުން ދޭހަވަނީ ޔޫއެންޑީޕީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަމާއި، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމެވެ. ޚާއްޞަކޮށްކޮށް ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ޔޫއެންޑީޕީގެ އެހީތެރިކަން ބޭނުންވާ މިންވަރު ރައީސްގެ ވާހަކަފުޅުން ހާމަވެގެންދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އދ ޔޫއެންޑީޕީ