އަމިއްލަ މަންމައަށް އަނިޔާއެއް ދިން މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ގެވެށި އަނިޔާ އަދި މާރާމާރީގެ ތުހުމަތުގައި އިއްޔެ ކްރިމިނަލް ކޯޓުން ބަންދު ކުރުމަށް އަމުރު ކޮށްފައިވަނީ 38 އަހަރުގެ އަހުމަދު ނިޒާރު، އަޒުމް / ކ. ގުރައިދޫއެވެ.
ކްރިމިނަލް ކޯޓުން ވަނީ މިމީހާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށާއި އެގޮތުން ހުށަހެޅިފައިވާ ބަޔާންތަކުން އޭނާގެ މަންމައަށް އަނިޔާއެއް ދިންކަމަށް ބެލެވޭ ކަމަށެވެ. އަދި މީނާ މި އަމަލު އިންގާފައިވާ ގޮތަށް ބަލާއިރު، ތަކުރާރުކޮށް މި އަމަލު ކޮށްފާނެ ކަމަށް ބެލެވޭފަދަ ކަންތައްތަކެއް ހުރިކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ. މި މައްސަލައިގައި ހެކިބަސްދޭންހުރި މީހާގެ މަންމައަށް ނުފޫޒު ފޯރުވައިފާނެ ކަމަށްވެސް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.


