ކަރަންޓު ބިލު ބޮޑުވަނީ ސްޓެލްކޯއިން ކުރާ ކަމަކުން ނޫން ކަމަށާއި ސްޓެލްކޯއިން މަކަރު ނަހަދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައިފް ވިދާޅުވީ ސްޓެލްކޯއިން ރައްޔިތުންނަށް ފޮރުވާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ސައިފް ވިދާޅުވީ ކަރަންޓު ބިލު ހެދުމުގައި ސްޓެލްކޯއިން އޮޅުވާލާނެ ކަމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
މި ޕްރެސް ކޮންފަރެންސްގައި ސްއިފް ވަނީ ކަރަންޓު ބިލު ބޮޑުކޮށް އިތުރަށް ލާރި ހޯދުމުގެ އެއްވެސް ކަމެއް ސްޓެލްކޯއިން ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާފައިވެ އެވެ. އަދި ވިދާޅުވީ ބައެއް ފަރާތްތަކުގެ އެދުމުގެ މަތިން މިހާރުވެސް ސްޓެލްކޯއިން މީޓަރުތައް ޗެކު ކޮށްދޭ ކަމަށެވެ. އަދި ދެންވެސް އެގޮތަށް އެދޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ދެންވެސް ބިލުބޮޑު ކަމަށް ފާހަގަކުރެވޭ ފަރާތްތަކުން ޗެކު ކުރުމަށް އެދޭނަމަ ސްޓެލްކޯއިން އެގޮތަށް ޗެކު ކޮށްދޭނެ ކަމަށެވެ.
”ސްޓެލްކޯއަކުން މަކަރެއް ނުހަދާނެ. ސްޓެލްކޯއަކުން ބިލް ބޮޑެއް ނުކުރާނެ.“
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ކަރަންޓު ބިލް ހަދަނީ މީޓަރުން ފެންނަން ހުންނަ ވަރަށް ކަމަށާއި ކަރަންޓު ބިލަށް ބަދަލު އަންނަނީ ސްޓެލްކޯއިން ކުރާ ކަމުން ނޫން ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރ އަހުމަދު އިގްބާލް ވިދާޅުވީ ބިލުތައް ބޮޑުވުމުގެ ޝަކުވާ ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި ސްޓެލްކޯއަށް ލިބޭ ކަމަށެވެ. މިއަހަރު ޝަކުވާ ލިބުމުގައި ދިގުދެމިގެން ގޮސްފައިވާކަން ފާހަގަކޮށް އިގްބާލު ވިދާޅުވީ ކަސްޓަމަރުންނާ ގާތުން މަސައްކަތްކޮށް ބިލު ބޮޑުވާ ސަބަބު ކަސްޓަމަރުންނަށް ބުނެދިނުމަކީ ސްޓެލްކޯއިން ބޭނުންވާ ގޮތްކަމަށެވެ.
