ސިންގަޕޫރަށް ކަނޑައަޅާފައިވާ ސަފީރު، އެގައުމުގެ ރައީސްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސް ހިޒް އެކްސަލަންސީ ތަރމަން ޝަންމުގަރަތުނަމް އަށް މިއަދު އަރުވައިފި އެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު، އިސްތާނާގަ އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސިންގަޕޫރުގެ ރައީސް އާ އެ މަނިކުފާނު ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ސިންގަޕޫރުގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވި އެވެ. އަދި ސިންގަޕޫރާއި ރާއްޖެ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު އެރުވި އެވެ.

ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މުހައްމަދު ލުވޭޒު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވައިފައިވަނީ 7 މޭ 2024 ގައެވެ.

މި ބައްދަލުވުމުގައި ސަފީރު އަރިހުގައި، އެ މަނިކުފާނުގެ އަނބިކަނބަލުން ހަދީޖާ މުފްލިހާގެ އިތުރުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީން ކަމުގައިވާ އަބްދުالله އަރުހަމް އާއި ޖަލާލާ ސަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ - ސިންގަޕޫރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ