”ވެލްކަމް އިންޑިއާ“ ގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު ފައިސަލް އިންޑިއާއަށް

Advertisement

އެންމެ ފަސް

Advertisement

”ވެލްކަމް އިންޑިއާ“ ރޯޑްޝޯގައި ބައިވެރިވެވަޑައިގެންނެވުމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު، ފައިސަލް އިބްރާހިމް އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

”ވެލްކަމް އިންޑިއާ“ ރޯޑްޝޯ އަކީ ޖުލައި 30 އިން އޮގަސްޓް 3 އާއި ހަމައަށް އިންޑިޔާގެ ދިއްލީ، މުމްބައި އަދި ބެންގަލޫރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރޯޑް ޝޯތަކެކެވެ. މި ރޯޑް ޝޯތަކަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އިން ގުޅިގެން ބާއްވާ ރޯޑް ޝޯތަކެކެވެ.

މި ރޯޑްޝޯގެ މައިގަނޑު މަގްސަދަކީ އިންޑިޔާގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކޮށް އަދި ޕްރޮމޯޓުކުރުމާއި، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މީގެ އިތުރުން ރާއްޖެއަށް އިންޑިޔާއިން ދަތުރުކުރާ އެއާލައިން އިތުރުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ވުޒާރާއިން އިންޑިއާގެ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ އެންމެ ބޮޑު ތިން ސިޓީގައި ބާއްވާ މި ރޯޑްޝޯވްގައި އެމްއެމްޕީއާރްސީ، މަޓާޓޯ އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވާނެ އެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ޖުލައި މަހުގެ 28 ގެ ނިޔަލަށް އިންޑިއާގެ 71,012 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ