ބިރުދައްކާ އޮރިޔާންކޮށް 45،000ރ ފޭރުނު މައްސަލައެއް

Advertisement

އެންމެ ފަސް

Advertisement

މއ. މަސްފަންގެއަށް މީހަކު ވައްދާ، ވަޅިން ބިރުދައްކާ އޮރިޔާންކޮށް 45،000 ރުފިޔާ ފޭރިގަނެފިއެވެ.

މި މައްސަލައިގައި 26 އަހަރު އަދި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ 26 އަހަރުގެ މީހާގެ ބަންދަށް 60 ދުވަސް  އަދި 35 އަހަރުގެ މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލައިގައި ހިމެނޭ މއ. މަސްފަންގެއަކީ، ތަކުރާރުކޮށް އެކި ކަންކަމުގައި މީހުން އެގެއަށް ވެއްދުމަށްފަހު ބިރުދައްކާ، ފޭރުމުގެ ރެކޯޑް އޮތް ތަނެއްކަން ބަންދު އަމުރުގައި ފާހަގަ ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ، މި މައްސަލައިގައި އަނިޔާ ލިބުނު މީހާ މއ. މަސްފަންގެއަށް ވެއްދީ އަންހެނެއް ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ މއ. މަސްފަންގެއަށް ވަނުމުން އިތުރު ދެ ފިރިހެނަކު އޭނާ ހިފަހައްޓާފައިވާ ކަމަށާއި އަދި އޭނާ ބަންދުކޮށް، ވަޅިއަކުން ބިރުދައްކާ އޮރިޔާންކޮށް އަނިޔާކޮށް  ފޯނުއަތުލައި އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000 ރުފިޔާ ފޮނުވާފައިވާ ކަމަށް ބަންދު އަމުރުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އަނިޔާ ލިބުނު މީހާގެ ބޭންކް ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000 ރުފިޔާ ނަގާފައިވާކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓު މޯލްޑިވްސް ޕޮލިސް ސާވިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ