ދެ ރަށަކަށް ވިއްކި ތެލުގައި ފެން ހުރި ވާހަކަ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ދޮގުކޮށްފި އެވެ.
އެފްއެސްއެމް އިން މިގޮތަށް ބުނާ ނޫސް ބަޔާނެއް ނެރެފައިވަނީ ދާދި ފަހުން މީޑިއާއަކުން ލިޔެފައިވާ ހަބަރެއް ދޮގު ކުރަމުންނެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްްއެމްއިން ވަނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫ އަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ލިޔެ މީސްމީޑިޔާގައި ދައުރުވަމުންދާ ހަބަރަކީ ތެދު ހަބަރެއް ނޫންކަމަށް ބުނެފަ އެވެ.
އެފްއެސްއެމްއިން ބުނީ އެ ކުންފުނިން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހުރިހާ ބާރޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެ ކުންފުނިން ވަނީ ތެލުގެ ކޮލިޓީއާއި މެދު ފުރިހަމަ ޝައްކެއް ނެތް ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާފަ އެވެ.
ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން އެކަމަށް ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށްވެސް އެކުންފުނިން އިލްތިމާސްކޮށްފައި ވެއެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)