ސްޓޫޑެންޓް ލޯން ލިސްޓަށް 200 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓޫޑެންޓް ލޯން ލިސްޓަށް 200 އަށްވުރެ ގިނަ ޝަކުވާ ލިބިއްޖެ ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

މަތީ ތައުލީމާއި ބެހޭ ވުޒާރާއިން މިކަން ހާމަކުރީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

މިނިސްޓްރީން ދޫކުރަން ކަނޑައަޅާފައިވާ ސްޓޫޑެންޓް ލޯނަށް ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ކުރުމަށް ފުރުސަތު ހުޅުވާލީ 13 ޖޫން އިން 25 ޖޫންގެ ނިޔަލަށެވެ. އެހާތަނަށް މިނިސްޓްރީއަށް 200 އަށްވުރެ ގިނައިން ޝަކުވާ ލިބިފައިވާ ކަމަށް ހާމަކުރި އެވެ.

ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ނަތީޖާ އިވެލުއޭޓް ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ލޯނާއި ގުޅިގެން އަންނަ ޝަކުވާތަކަށް  ހާއްސަ ޝަކުވާ ކޮމިޓީއެއް މިނިސްޓްރީން އެކުލަވާފައި ވެއެވެ.

”ކޮންމެ އެޕްލިކޭޝަނެއްވެސް ޗެކްކޮށް، ލޯނަށް ކޮށްފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ކޮމިޓީން ބަލާ، ޗެކް ކުރެވޭނެ ކޮންމެ ކުއްޖަކުވެސް ހުށަހަޅާފައިވާ ޝަކުވާއެއް. ދެން އޭގެ ތެރޭގައި އިވެލުއޭޝަން ހެދުމުގައި މިނިސްޓްރީގެ އިހުމާލެއްވާ ކަމަށްވާނަމަ، އެކުއްޖެއްގެ އިވެލުއޭޝަން ފޯމް އިސްލާހުކުރުމުގެ ފުރުސަތު އެކުއްޖަކަށް ދޭން ޖެހޭ ކަމަށް ކޮމިޓީއަށް ފެންނަ ކަމަށްވާނަމަ ލޯނަށް ހޮވުމުގެ ފުރުސަތުވެސް އެކުއްޖަކަށް ލިބިގެންދާނެ“

މި ލޯނަށް ހޮވުނު ފަރާތްތަކަށް އެކަން އަންގައިދޭ ސިޓީއެއް މިހާރު ފޮނުވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިކަމާއި ގުޅޭ ހުރިހާ މުއާމަލާތެއް މިނިސްޓްރީން ބާއްވާނީ އީމެއިލްގެ ޒަރީޔާއިން ކަމަށް ބުނެފައި ވެއެވެ.

1،709 ދަރިވަރުން ސްޓޫޑެންޓް ލޯނަށް ކުރިމަތިލާފައި ވެއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ އިއުލާންކޮށްފައިވަނީ ޝަރުތު ހަމަވާ ކުދިންގެ ތެރެއިން 500 ކުދިންނަށް ފުރުސަތު ދިނުމަށެވެ. އެއީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކަށް ހާއްސަކޮށް 370 ފުރުސަތާއި ކިޔަވަމުންދާ ކެޓަގަރީއަށް ހާއްސަކޮށް 130 ފުރުސަތެވެ.

މިނިސްޓްރީން ވަކި އަދަދަކަށް އިއުލާން ކުރި ނަމަވެސް އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ލޯނަށް ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ދިނުމަށް ނިންމާފައިވާކަން ހާމަ ކުރައްވާފަ އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ސްޓޫޑަންޓް ލޯން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ