ހދ. ނޮޅިވަރަމް ގައި ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ނޮޅިވަރަމަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އިލްޔާސް އިބްރާހިމް އެވެ.
ފުލުހުން ބުނީ ސައިކަލާއެކު މޫދަށް ވެއްޓިގެން މީހަކަށް ފަރުވާދެމުންދާ ކަމަށް ރޭ 9:15 ގައި ރިޕޯޓު ކޮށްފައިވާ ކަމަށާއި ނޮޅިވަރަމް ހެލްތު ސެންޓަރުގައި އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފަ އެއް ނުވެ އެވެ.
ޖަވިޔަންޏަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ފިޓު ޖެހުމުގެ މައްސަލަ ހުންނަ މީހެއް ކަމަށާއި މީގެ ކުރިންވެސް ބަނދަރު މަތިން ސައިކަލާއެކު މޫދަށް ވެއްޓިފައިވާ މީހެކެވެ.



