ނިމިދިޔަ ނޮވެމްބަރު މަހު އެންމެ އަގު ބޮޑުވީ ސިނގިރޭޓުކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި ސިނގިރޭޓުގެ އަގު ވަނީ 98.12 އިންސައްތަ އުފުލިފަ އެވެ. ދެ އެންމެ ބޮޑު ވެފައިވަނީ ރެސްޓޯރެންޓް އަދި ކެފޭތަކުގެ އަގެވެ. މިފަދަ ތަންތަނުގެ އަގު 15.81 އިންސައްތައިން އުފުލިފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެ އެވެ.
އަގު އުފުލުނު އިތުރު ތަކެތި:
- ކަނޑުދަތުރުފަތުރު: 5.13 އިންސައްތަ
- ކަރަންޓު: 0.8 އިންސައްތަ
- ބޫޓާއި ފައިވާން ފަދަ ތަކެތި: 2.66 އިންސައްތަ
- ކުޅޭ ސާމާނު: 3.01 އިންސައްތަ
މީގެ އިތުރުން މި ތަފާސްހިސާބުގައި އަގު ދަށްވި ތަކެތިވެސް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ފޯނުގެ ހިދުމަތްތަކާއި ތަރުކާރީއާއި މަހުގެ ބާވަތްތައް ހިމެނެ އެވެ.
އަގު ދަށްވި ތަކެތި:
- ފޯނުގެ ހިދުމަތްތައް: 2.76 އިންސައްތަ
- ތަރުކާރީ: 1.94 އިންސައްތަ
- ސައިކަލު: 1.3 އިންސައްތަ
- މަހުގެ ބާވަތްތައް: 0.36 އިންސައްތަ
- ރީތިވާ ސާމާނު: 0.29 އިންސައްތަ
ނޮވެމްބަރު މަހު އިންފްލޭޝަން ރޭޓް ވަނީ 4.05 އިންސައްތައިން އިތުރުވެފަ އެވެ.
ރާއްޖޭގައި ސިނގިރޭޓުގެ އަގު މިހާ ބޮޑުވެފައި މިވަނީ ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކުރުމުންނެވެ. ސަރުކާރުން ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކޮށްފައިވަނީ ރައްޔިތުން ދުންފަތާ ދުރު ކުރުވުމުގެ އަމާޒުގަ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން