ރިޓަޔަރޑް ބޭފުޅުން މަޤާމުތަކަށް އައްޔަންކުރާތީ އަމާޒުވާ ފާޑުކިޔުމަށް ރައީސް ރައްދުދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ އިސް މަޤާމުތަކަށް ރިޓަޔަރޑް ބޭފުޅުން އައްޔަންކުރައްވާތީ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި، ރިޓަޔަރޑް ބޭފުޅަކު ސަރުކާރުގެ މަޤާމަކަށް އައްޔަންކުރައްވައިފިނަމަ، އެ މަޤާމުގައި ހޭދަކުރާ މުއްދަތަށް ރިޓަޔަމެންޓް އިނާޔަތް ނުލިބޭގޮތަށް ހެދުމަށް ކަމާގުޅޭ މުއައްސަސާތަކަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބާއްވަވަމުން އަންނަ ބައްދަލުވުމުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އަންނަކަން ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ރިޓަޔަރޑް ބޭފުޅުން އިސް މަޤާމުތަކަށް އައްޔަންކުރައްވަނީ އެބޭފުޅުންނަކީ އަޚުލާޤީ ގޮތުން ރަނގަޅު، އިންޓެގްރިޓީ ހުރި، ހިންގުންތެރި އަދި ޤާބިލު ބޭފުޅުން ކަމަށްވާތީ ކަމަށާއި، ސަރުކާރަކީ ޤާބިލު، ހިންގުންތެރި، ފަސްބައި ސާފު، ނަޒާހަތްތެރި ސަރުކާރަކަށް ހެދުމުގެ މަޤްސަދުގައި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޓަޔަރޑް ބޭފުޅުން މަޤާމުތަކަށް އައްޔަންކުރުމުން، އެލަވަންސާއި މުސާރަ ލިބިގެން ޚަރަދު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް މިހާރު ވަނީ އަންގަވާފަ އެވެ. މި ބަދަލުގެ ދަށުން، ސަރުކާރުގެ އައްޔަންކުރާ އެއްވެސް މަޤާމަކަށް ނުވަތަ އިންތިޚާބީ މަޤާމަކަށް ރިޓަޔަރޑް ބޭފުޅަކު އައްޔަންވެއްޖެނަމަ ނުވަތަ އިންތިޚާބުވެއްޖެނަމަ، އެ މަޤާމުގައި ހޭދަކުރާ މުއްދަތަށް ރިޓަޔަމެންޓް އެލަވަންސް މެދުކެނޑޭނެ އެވެ. އެހެންކަމުން ޑަބަލްކޮށް އިނާޔަތް ނުލިބޭނެ އެވެ.

ރައީސް ވިދާޅުވީ، ފުލުހުން، ސިފައިން، އަދި ސިވިލް ސަރވިސް ކޮމިޝަނުން މިހާރުވެސް އެބޭފުޅުންގެ ޤަވާއިދުތައް ބަދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

”އިލެކްޓެޑް މަޤާމަކަށް ނޫނީ އެޕޮއިންޓެޑް މަޤާމަކަށް އައިސްފި ނަމަ، އެއީ މިނިސްޓްރީއަކަށް ވިޔަސް، ކުންފުންޏަކަށް ވިޔަސް، އަދި އެހެން ދައުލަތުގެ މުއައްސަސާއަކަށް ކަމުގައިވިޔަސް، އެ މުއްދަތުގެ ތެރޭގަ މެދުކެނޑޭނެ.“

ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކުރައްވާ ކަމެއް ކަމަށާއި، މިއީ އެމަނިކުފާނުވެސް ވަރަށް ޤަބޫލުކުރައްވާ ހަމައެއް ކަމަށެވެ.

ސަރުކާރުގެ ގިނަ މަޤާމުތަކެއްގައި ހިދުމަތުން ރިޓަޔަރ ކުރައްވާފަ ތިއްބެވި ބޭފުޅުން ތިއްބެއިރު، ސަރުކާރު ހިންގަވާ މައި ޕާޓީ، ޕީއެންސީން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ނެރުުމަށްވެސް ހަމަޖެހިފައިވަނީ ކުރިން ހިދުމަތުން ރިޓަޔަރކުރައްވާފަ ހުންނެވި މޭޖެރަ ޖެނެރަލް މޫސާ އަލީ ޖަލީލް އެވެ.

ކުންފުނި ނަން އަދި (ރިޓަޔާޑް) ރޭންކް
ފެނަކަ މޭޖާރ (ރިޓަޔާޑް) މުޙައްމަދު ނަޖާހު
އެމްޓީސީސީ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ
އެޗްޑީސީ ބްރިގޭޑިއާރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު
އެމްޕީއެލް ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން
މިފްކޯ ބްރިގޭޑިއާރ ޖެނެރަލް (ރިޓަޔާޑް) ފަރްހަތު ޝަހީރު

މީގެ އިތުރުން، ރައީސް މުއިއްޒު ވަނީ 65 އަހަރުން މަތީގެ ފަރާތްތަކަށް މަސައްކަތްކުރުމުގެ ފުރުސަތުދިނުމަށް ޤާނޫނަށް ބަދަލު ގެނައުމަށް ކުރައްވާ މަސަައްކަތްވެސް ފާހަގަކުރައްވާގފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިހާރު މަޖިލީހަށް ފޮނުއްވާފައިވާ ’ރީ-އެމްޕްލޯއިމެންޓް ބިލް‘ އަކީ 65 އަހަރުން ފެށިގެން 75 އަހަރާ ހަމައަށް، އެބޭފުޅަކު މަސައްކަތް ކުރަން ބޭނުންވާނަމަ ޤާނޫނީ ހަމަތަކުގެ މަތިން މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، މަޖިލީހުން މި ބިލު ފާސްކޮށްދެއްވައި، އޭއަށް ޢަމަލުކުރަން ފެށުމާއެކު، އޭގެ ފައިދާ ލިބޭނެ ފަރާތްތަކުގެ ދާއިރާ ފުޅާވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ