އެމެރިކާގެ އެދުމަށް ޣާއްޒާއަށް ޕާކިސްތާނު ސިފައިން؟ މުނީރުގެ ބާރުވެރިކަމަށް އޮތް ބޮޑު އިމްތިހާނެއް!

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމެރިކާއިން އިސްވެ އޮވެ، ޣާއްޒާގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ފައުޖެއް އެކުލަވާލުމަށް ޕާކިސްތާނަށް ބާރު އަޅަން ފެށުމާއެކު، އެ ޤައުމުގެ އަސްކަރީ ވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިއީ ދިގު މުއްދަތަކަށް ޕާކިސްތާނުގެ އެންމެ ބާރުގަދަ އަސްކަރީ ވެރިޔާގެ ގޮތުގައި ހުންނެވި ފީލްޑް މާޝަލް އާސިމް މުނީރަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ. ތަޖުރިބާކާރުންގެ އިންޒާރު ދޭ ގޮތުގައި، މިފަދަ ނިންމުމަކީ ޕާކިސްތާނުގެ އެތެރޭގައި ވަރުގަދަ ނުރުހުމެއް އުފެދި، ސިޔާސީ ހަލަބޮލިކަމަކަށް މަގުފަހިވެދާނެ ކަމެކެވެ.

ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި، މުނީރު ވަރަށް އަވަހަށް ވޮޝިންޓަންއަށް ދަތުރުކުރައްވައި ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުވުމަކީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އެ ދެ ބޭފުޅުން ބައްދަލުކުރައްވާ ތިންވަނަ ފަހަރެވެ. މަޝްވަރާތައް ބިނާވެފައި ވަނީ ޓްރަމްޕްގެ 20 ނުކުތާގެ ޣާއްޒާ ރިކަވަރީ ޕްލޭނުގެ މައްޗަށެވެ. މި ޕްލޭނުގައި ހަނގުރާމައިން ހަލާކުވެފައިވާ ފަލަސްތީނުގެ ސަރަހައްދުގައި އަލުން ބިނާކުރުމާއި އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް، މުސްލިމް ގިނަ ޤައުމުތަކުގެ ފައުޖުތަކެއް ހިމެނޭ ސަލާމަތީ ބާރެއް ޤާއިމުކުރުން ހިމެނެ އެވެ.

މި ޕްރޮޕޯޒަލްގައި ހަމާސް ޖަމާއަތް އުވާލައި، ހަތިޔާރު ބަހަޓަން މަޖުބޫރުކުން މަސައްކަތްކުރުން ހިމެނޭތީ، ގިނަ މުސްލިމް ޤައުމުތަކުން މި މަސައްކަތުގައި ބައިވެރިވުމަށް ފަސްޖެހެ އެވެ. އެ ޤައުމުތަކުން ބިރުގަންނަނީ އަލުން ހަނގުރާމައަކަށް ދެވުމުގެ އިތުރުން، އެތެރޭގެ ރައްޔިތުންގެ ނުރުހުން އަމާޒުވުމަށެވެ. ނަމަވެސް، ޕާކިސްތާނަށް ވަކި ޚާއްޞަ ބާރެއް އެޅިފައިވަނީ، މުނީރު ވޮޝިންޓަންއާ ގާތް ގުޅުމެއް ބިނާކުރުމަށް މަސައްކަތްކުރައްވާތީ އެވެ. ޖޫން މަހު ވައިޓް ހައުސްގައި އެމަނިކުފާނަށް ޚާއްޞަ މެންދުރެއްގެ ފަރިކޮޅޭއް ބޭއްވުމުން މި ގުޅުން ރަނގަޅުވަމުންދާކަން ހާމަކޮށްދެ އެވެ.

ޕާކިސްތާނަކީ ދުނިޔޭގައި ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ހަމައެކަނި މުސްލިމް ގިނަ ޤައުމެވެ. އަދި އެ ޤައުމުގެ އަސްކަރިއްޔާއަކީ އިންޑިއާއާ ދެކޮޅަށް ކުރި ހަނގުރާމަތަކާއި، އެތެރޭގެ ހަމަނުޖެހުންތަކާ ކުރިމަތިލާފައިވާ ވަރުގަދަ ފައުޖެކެވެ. ދާދިފަހުން މުނީރު ވަނީ ޗީފް އޮފް ޑިފެންސް ފޯސަސްގެ މަޤާމަށް އައްޔަންކުރެވި، 2030 ވަނަ އަހަރާ ހަމައަށް އެމަނިކުފާނުގެ ދައުރު އިތުރުކުރެވިފަ އެވެ. މިކަމުގެ ސަބަބުން އެމަނިކުފާނުގެ ބާރު ވަނީ އިތުރަށް ކަށަވަރުވެފަ އެވެ.

ނަމަވެސް، މުނީރުގެ ބާރުވެރިކަން ކަށަވަރުވެފައިވީ ނަމަވެސް، އެތެރޭގެ ސިޔާސީ ނުރައްކާތައް ބޮޑެވެ. ތަޖުރިބާކާރުންގެ އިންޒާރު ދޭ ގޮތުގައި، އެމެރިކާގެ އެހީގައި ޣާއްޒާއަށް ޕާކިސްތާނުގެ ސިފައިން ފޮނުވައިފިނަމަ، އިސްލާމީ ޖަމާއަތްތަކާއި އިދިކޮޅު ފަރާތްތަކުގެ ވަރުގަދަ މުޒާހަރާތަކެއް ފެށިގެންދާނެ އެވެ. އެ ފަރާތްތަކުން މިކަން ސިފަކުރާނީ އިޒްރޭލާއި އެމެރިކާގެ މަޞްލަޙަތުތަކަށް ޚިދުމަތްކުރުން ކަމުގަ އެވެ. އަދި ޣާއްޒާގައި ހަމަނުޖެހުން އިތުރުވެއްޖެނަމަ، ޕާކިސްތާނުގެ ސިޔާސީ މަސްރަޙަށް ވަރަށް އަވަހަށް ނޭދެވޭ އަސަރު ފޯރާނެ ކަމަށް ވެސް އެނަލިސްޓުން ބުނެ އެވެ.

އެމެރިކާ ޕާކިސްތާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ