ޤަތަރާއި ސައުދީއަރަބިއްޔާ ހައިސްޕީޑު ރޭލުން ގުޅުވާލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދް އަލް ޘާނީ ރަސްމީ ދަތުރުފުޅެއްގައި ސައުދިއަރަބިއްޔާއަށް ވަޑައިގެންފި އެވެ.

ސައުދީގެ ވެރިރަށް ރިޔާދްއިން ޤަތަރުގެ އަމީރަށް މަރުހަބާ ވިދާޅުވީ ސައުދީއަރަބިއްޔާގެ ވަލީއަޙްދު މުހައްމަދު ބިލް ސަލްމާން އެވެ. ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ސައުދީއަށް ކުރެއްވި މި ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޤަތަރުގެ އަމީރު ޝެއިޚް ތަމީމް އަދި ސައުދީއަރަބިއްޔާގެ ވަލީއަޙްދު މުހައްމަދު ބިލް ސަލްމާން ވަނީ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

ޤަތަރުގެ އަމީރަށް ސައިދީ އަރަބިއްޔާއިން މަރުހަބާ ދެންނެވުން

މިދަތުރުފުޅުގެ ތެރެއިން ސައުދީގެ ވެރިރަށް ރިޔާދް އަދި ޤަތަރުގެ ވެރިރަށް ދޯހާ، ހައި ސްޕީޑް ރޭލްގެ ޒަރިއްޔާއިން ގުޅުމާލުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވާފަ އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ދެ ގައުމުން ބުނެފައިވަނީ، މި މަޝްރޫއަކީ ސައުދީ ވިޝަން 2030 އާއި ޤަތަރުގެ ނޭޝަނަލް ވިޝަން 2030 އާ ގުޅިގެން ފަތުރުވެރިކަމާއި ވިޔަފާރިއަށް މަގުފަހިކޮށްދީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ބޮޑު ސްޓްރެޓެޖިކް މަސައްކަތެއް ކަމަށެވެ.

މީގެއިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސަލާމަތަށް އެހީތެރިވުމަށް ޑިފެންސް ޕާޓްނަޝިޕް އިތުރުކުރުމަށް ދެގައުމުން އެއްބަސްވެފައިވާއިރު، މައުލޫމާތު ހިއްސާކުރުމާއި ބޯޑަރު ސަލާމަތާއި ސައިބަރ ޑިފެންސް، ކައުންޓަރ ޓެރަރިޒަމް، މަސްތުވާތަކެތި ކޮންޓްރޯލްކުރުމާއި ޖޮއިންޓް ޓްރޭނިން ޕްރޮގްރާމްތައް ހިމެނޭ ގޮތަށް ސަލާމަތީ ހުރިހާ ދާއިރާއަކުން މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ޤަތަރުގެ އަމީރުގެ މިދަތުރުފުޅާ ދިމާކޮށް ސައުދީ އަރަބިއްޔާ އާއި ޤަތަރުން ވެސް ވަނީ ރޭލް ދަތުރުފަތުރާއި އިންވެސްޓްމަންޓް ޕްރޮމޯޝަން އާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި މީޑިއާގެ އެއްބާރުލުން އަދި ނޮންޕްރޮފިޓް ދާއިރާ ހިމެނޭ ގޮތަށް ބައެއް އެއްބަސްވުންތަކުގައިވެސް ސޮއި ކޮށްފަ އެވެ.

ގަތަރު ސައުދީ އަރަބިއްޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ