ގަތަރު އެއާވޭސް ގްރޫޕްގެ ސީއީއޯގެ މަގާމަށް ހަމަދު އަލީ އަލް-ޚާތިރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ގަތަރު އެއާވޭސް ގްރޫޕްގެ އާ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ހަމަދު އަލީ އަލް-ޚާތިރު ހަމަޖައްސައިފި އެވެ.

އަލް-ޚާތިރު މި މަގާމަށް ވަޑައިގެންނެވީ އިންޖިނިއަރ ބަދްރު މުޙައްމަދު އަލް-މީރުގެ ބަދަލުގަ އެވެ.

އަލް-ޚާތިރަކީ އެވިއޭޝަން ދާއިރާގައި ގިނަ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ މި މަގާމަށް ހަމަޖެއްސުމުގެ ކުރިން އެންމެ ފަހުން ހުންނެވީ ހަމަދު އިންޓަރނޭޝަނަލް އެއާޕޯޓް (އެޗްއައިއޭ) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމުގަ އެވެ. އެ މަގާމުގައި ހުންނަވައިގެން، ގަތަރު އެއާވޭސްގެ މުހިންމު ހަބެއް ކަމަށްވާ އަދި ގިނަ އެވޯޑްތައް ހާސިލުކޮށްފައިވާ އެޗްއައިއޭގެ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އެޗްއައިއޭގައި ހޭދަކުރެއްވި ދުވަސްތަކުގެ ކުރިން، އަލް-ޚާތިރު ވަނީ ގަތަރު އެނަރޖީގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެތަނުގައި އޭނާގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ބިޒްނަސް ޑިވެލޮޕްމަންޓް، ޑީލް އެގްޒެކިއުޝަން، އަދި ބޮޑެތި ސްޓްރެޓީޖިކް އިނިޝިއޭޓިވްތައް ކުރިއެރުވުމަށެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ލީޑަރޝިޕްގައި އައި މި ބަދަލަކީ، ދުނިޔޭގެ ފެންވަރުގެ ދަތުރުފަތުރުގެ ތަޖުރިބާއާއި އީޖާދީ ކަންތައްތައް ފޯރުކޮށްދިނުމަށް ގްރޫޕުން ދެމިހުރިކަން އިންވެސްޓަރުންނަށް އަލުން ކަށަވަރުކޮށްދޭ ކަމެކެވެ. އަލް-ޚާތިރުގެ ލީޑަރޝިޕްގެ ދަށުން ގަތަރު އެއާވޭސްގެ ކުރިއެރުންތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އުންމީދުކުރެވެ އެވެ.

ސްކައިޓްރެކްސް އިން ދޭ ’ދުނިޔޭގެ އެންމެ މޮޅު އެއާލައިން‘ ގެ މަގާމު ނުވަ ފަހަރު ހާސިލުކޮށްފައިވާ ގަތަރު އެއާވޭސް އިން މިހާރު ދުނިޔޭގެ 170 އަށް ވުރެ ގިނަ މަންޒިލުތަކަށް ދަތުރުކުރެ އެވެ. ރާއްޖެއަށް ދުވާލެއްގެ މައްޗަށް ތިން ދަތުރުކުރާ މި އެއަރލައިނަކީ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލާ އެއް އެއަރލައިން ވެސް މެ އެވެ.

ގަތަރު ގަތަރު އެއާވޭސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ