ޖަޕާން ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން ކޮމިޓީން ރުހުން ދީފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ކުރީގެ މިނިސްޓަރު މަހުލޫފް އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ ކޮމިޓީގެ ފަރާތުން މަހުލޫފްއާ އިންޓަވިއު ކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެ އިންޓަވިއުގައި މަހުލޫފް ދެއްވި ޖަވާބުތަކާއި ރައީސް އޮފީހުން ފޮނުވާފައިވާ ވަނަވަރަށް ބެލުމުން މަހުލޫފަކީ މި މަގާމަށް ގާބިލު ތަޖުރިބާހުރި ބޭފުޅެއްކަން ހާމަވާކަމަށް ވިދާޅުވި އެވެ. އަދި ރެކޯޑް ސާފުކުރުމުން މަހުލޫފް މަގާމަށް އައްޔަނު ކުރުމަށް މައްސަލައެއް ނެތްކަން ހާމަވާކަމަށް ޒަރީރު ވިދާޅުވި އެވެ.

”ޒުވާން ގާބިލު ތަޖުރިބާހުރި ބޭފުޅެއް ޖަޕާނުގެ ސަފީރު ކަމަށް މި އައްޔަނުކުރަނީ.“ ޒަރީރު ވިދާޅުވި އެވެ.

އަހުމަދު މަހުލޫފް / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް މަހުލޫފް އައްޔަނު ކުރުމަށް ރުހުންދޭން ފާސްކޮށްފަ އެވެ.

މީގެއިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ޖޯޑަންއަށް ކަނޑައަޅާ ނޮންރެސިޑެންޓް ސަފީރު ކަމަށް ޑރ. ހާލާ ހަމީދު އަދި ފަލަސްތީނަށް ކަނޑައަޅާ ނޮންރެސިޑެންޓް ސަފީރު ކަމަށް ޑރ. އިބްރާހިމް ޒުހުރީ އައްޔަނު ކުރުމަށްވެސް ރުހުން ދީފަ އެވެ.

އެމްޑީޕީގެ ލީޑާޝިޕްގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ. މަހުލޫފް ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެވެ. މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުންގޯސްވި ހިސާބުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަހުލޫފް ވަނީ ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.

ހާރިޖީ ގުޅުންތަކުގެ ކޮމިޓީ ރައްޔިތުންގެ މަޖިލިސް ރާއްޖެ - ޖަޕާން އަހުމަދު މަހުލޫފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ