37 މީޑިޔާ އަކާއެކު ޕީއެސްއެމް އިން ’ސިލޯނާއެކު ދިވެހިން‘ ޓެލެތޯން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ރާއްޖޭގެ މީޑިޔާތަކަކާއި ގުޅިގެން ކުރިއަށް ގެންދާ ސިލޯނާއެކު ދިވެހީން ޓެލެތޯން ފަށައިފި އެވެ.

ޕީއެސްއެމް އިން ބުނި ގޮތުގައި މި ޓެލެތޯނުގައި 37 މީޑިއާ އަކުން ބައިވެރިވެ އެވެ. އަދި މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހިންނާ، ޖަމްއިއްޔާ، ޖަމާއަތްތަކާ ކްލަބްތަކާއި އޮފީސްތައް ފަދަ ތަންނަށް ވެސް ހުޅުވާލާފައިވެ އެވެ.

މިއަދު ހެނދުނު ފެށި މި ޓެލެތޯނު މިރޭ މެންދަމު 1:00 ވަން ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ޓެލެތޯން ގެ ފަންޑު ފޮށިތައް މާލެ، ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވެ އެވެ. އަދި ޓްރާންސްފާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލާފައިވެ އެވެ. އެގޮތުން ދިވެހި ރުފިޔާ ޓްރާންސްފާ ކުރުމަށް ހަމަޖެހިފައިވަނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރު ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796106 އަށެވެ.

ޕީއެސްއެމް ބުނި ގޮތުގައި މި ޓެލެތޯނަކީ ވީހައިވެސް ދެފުށް ފެންނަ ގޮތަށް އަދި ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް މިނިވަން އޮޑިޓް ފާމެއް ވެސް މި ޓެލެތޯނުގައި ހަރަކާތްތެރި ވާ ކަމަށެވެ. އެ ގޮތުން ހަރަކާތްތެރިވަމުން އަންނަނީ ކްރޯ މޯލްޑިވްސް އޮޑިޓް ފާމެވެ.

ދައުލަތުގެ މީޑީޔާ އިން ލަންކާ އަށް އެހީވުމަށް ޓެލެތޯނެއް ފަށާފައިވާއިރު ދިވެހި ސަރުކާރުން ވަނީ އެ ގައުމަށް 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފަ އެވެ.

ރާއްޖެ - ލަންކާ ސިލޯނާއެކު ދިވެހިން ސްރީލަންކާ ޕީއެސްއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ