އާރްޓީއެލްގެ ޚިދުމަތް ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު ފަށަނީ

Advertisement

އެންމެ ފަސް

Advertisement

އްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މަޝްރޫޢުގެ ދަށުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މިއީ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން ދޭއްގެ ތެރެއިން ފަށާ ޚިދުމަތެކެވެ. މި ދެ އަތޮޅު ގުޅާލުމަށް ކަނޑައަޅާފައިވަނީ ނ. މަނަދޫ އާއި ރ. އުނގޫފާރުންނެވެ.

އާރްޓީއެލް ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ، މި ދެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަ ގުނަ ފައިދާތަކެއް މި ޚިދުމަތް ފެށުމާއެކު ލިބިގެންދާނެ ކަމަށެވެ. މި ޚިދުމަތަށް ބޭނުންކުރާނީ 32 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ.

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ ’އިންޓަރގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯރކް‘ ގެ ދަށުން ރާއްޖޭގެ އަތޮޅުތައް ފެރީގެ ނިޒާމުން ގުޅުވާލުމަށް ފަށާފައިވާ މި މުހިންމު މަޝްރޫޢުގައި މިހާރު ޖުމްލަ 12 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ކުރިއަށްދާނެ އެވެ.

އެމްޓީސީސީން ބުނީ، މި ފެރީގައި އެންސްޕާގައި ރަޖިސްޓަރު ކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެ ސީޓު ޚާއްސަކުރެވިފައިވާނެ ކަމަށެވެ. އަދި އާރްޓީއެލްގެ ޚިދުމަތަކީ ރަސްމީކޮށް އަގު ނަގައިގެން ދެމުން އަންނަ ޚިދުމަތެއް ކަމުގައި ވިޔަސް، އެންސްޕާގައި ރަޖިސްޓަރު ވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ވެސް އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ.

ފެރީގެ ޓިކެޓު ނެގުމުގެ ޚިދުމަތް އާރްޓީއެލް ވެބްސައިޓުންނާއި މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ އެވެ. މީގެ އިތުރުން ކިއުއާރް ކޯޑު މެދުވެރިކޮށް ވެސް ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އެމްޓީސީސީން ބުނީ ޒޯން 1 ގެ ހއ،. ހދ،. ށ. އާއ،ި ޒޯން 2 ގެ ނ،. ރ. ބ. ޅ. އާއ،ި ޒޯން 4 ގެ ތ. އާއި ޒޯން 5 ގއ،. ގދ. އަދި ޒޯން 6 ގެ ޏ،. އަދި ސ. އަތޮޅަށް މިހާރު އާރްޓީއެލްގެ ހިދުމަތް ދެމުންދާްއިރު ބާކީ 8 އަތޮޅަށްވެސް އާރްޓީއެލްގެ ހިދުމަތް ފެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ