ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފަސް މެންބަރުން އައްޔަނުކުރަން ފާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފަސް ބޭފުޅަކު އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ފަސް މެންބަރެއްގެ ދައުރު ހަމަވާތީ، އެ ޓްރައިބިއުނަލަށް 5 މެންބަރުން އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު 14 ނަމެއް ފޮނުވި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު މާކްސްވަނީ ދީފަ އެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅުން އައްޔަނު ކުރުމަށް ވޯޓަށް އަހާފައިވެ އެވެ.

އެގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ:

  1. ހަސަން ނާސިޙް އަހުމަދު، މާވަހި/ ސ.ހިތަދޫ
  2. އަލްއުސްތާޛާ އުސާމާ މޫސާ، ޗަމަން/ ށ. ކޮމަންޑޫ
  3. އަލްއުސްތާޛާ ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ ގއ. ނިލަންދޫ
  4. އަލްއުސްތާޛާ އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
  5. އަހުމަދު ޔާމީން، ބީޗް ކޯނަރ/ ގދ. ގައްދޫ

ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. ޓްރައިބިއުނަލްއިން ބެލުމަށް ޤާނޫނުގެ ދަށުން ކަނޑައަޅާ މައްސަލަތައް ބަލައި ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް އެމައްސަލަތައް ނިންމުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެ އެވެ.

ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންގެ ރުހުމާއެކު ރައީސުލްޖުމްހޫއްިޔާ އެވެ.

ރައްޔިތުންގެ މަޖިލިސް ޓެކްސް އެޕީލް ޓްރިބިއުނަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ