ޖެނުއަރީ މަހުން ފެށިގެން އެތްލީޓުންނަށް އިންޝުއަރެންސް ލިބިގެންދާނެ: މިނިސްޓަރު ރާފިއު

Advertisement

އެންމެ ފަސް

Advertisement

ކުޅިވަރު ކުރޭ އެތްލީޓުންނަށް މި އަންނަ ޖެނުއަރީ މަހުން ފެށިގެން އިންޝުއަރެންސް ލިބޭނެ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ޖަވިޔަނި އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ނޭޝަނަލް އެތްލީޓުން އިންޝުއާ ކުރުމުގެ މުހިންމު ވާހަކަ އަކީ މީގެ ފަސް އަހަރު ކުރިން ވެސް ދެކެވެމުން އައި ވާހަކަ އެއް ކަމަށެވެ. އަދި އެތްލީޓުންގެ ސިއްހަތަށް ކުރަންޖެހޭ އިންވެސްޓްމަންޓް ވަރަށް ބޮޑު ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން ބޭރަށް ގޮސް ރާއްޖެ ތަމްސީލު ކޮށް ކުޅެނިކޮށް ކުޅުންތެރިއަކަށް އަނިޔާވެ ކުއްލި ހާލަތުގައި ފަރުވާ ދޭން ޖެހޭ ހާލަތުގައި އިންޝުއަރެންސް ސްކީމެއްގެ ތެރެއިން އެ ފަރުވާ ލިބޭނެ ގޮތް ފަހިވެގެންދިއުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހާއްޞަކޮށް، ރާއްޖެއިން ބޭރުގައި، ރާއްޖެ ތަމްސީލުކުރަން އެކި މުބާރާތްތަކަށް ގޮސް، އުޅޭ ކުދިންނަށް، އަނިޔާ ލިބުނީމަ އެ ކުދިންނަށް އެ ޤައުމުތަކުން ބޭސްފަރުވާ އިމަރޖެންސީކޮށް ކުރަންޖެހުނުކަމުގައި ވިޔަސް، އެކަން އިންޝުއަރެންސް ސްކީމެއްގެ ދަށުން ކުރެވޭނެ ކަމަށް ވެއްޖެއްޔާ އެއީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ އެތުލީޓުންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. އެތުލީޓުންނަށް އިތުރު ފޯރިއާއި ޖޯޝާ އެކީގައި ކުޅިވަރުގެ ރޮނގުން ކުރިއަށްދާން.

މިނިސްޓަރު ވިދާޅުވީ މި އަންނަ އަހަރުގެ ބަޖެޓުގައި ނޭޝަނަލް އެސޯސިއޭޝަންތަކުގެ ނޭޝަނަލް ޓީމުތަކަށް އިންޝުއަރެންސް ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަހު އެތުލީޓުންނަށާއި އޮފިޝަލުންނަށް އިންޝުއަރެންސް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު މިއޮތީ މި އަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެންނަށް އެ އަޅުގަނޑުމެންނަށް ނެޝަނަލް އެސޯސިއޭޝަންތަކުގެ ނެޝަނަލް ޓީމުތަކަށް އިންޝުއަރެންސް ލިބޭނެ ގޮތަށް ބަޖެޓުގައި އިރާދަކުރެއްވިއްޔާ ޖެހިފަ އެހެންވީމާ، އަޅުގަނޑުމެން މި އުންމީދުކުރަނީ ޖަނަވަރީ މަހުން ފެށިގެން އަޅުގަނޑުމެންގެ ހުރިހާ އެތުލީޓުންނާއި އަދި އެ ޓީމުތަކުގައި ހިމެނޭ އޮފިޝަލުންނަށް އިންޝުއަރެންސް ލިބިގެންދާނެ ކަމަށް.

މިނިސްޓަރު ރާފިއު ވިދާޅުވީ މިއީ ވަރަށް ޒަމާންވަންދެން ވަރަށް ގިނަ ދުވަސްވަންދެން ދެކެވުނު ވާހަކަތަކެއް ހަގީގަތަކަށް ވުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ނޭޝަނަލް އެތުލީތުންނާއި އޮފިޝަލުންގެ މުސާރަވެސް މި އަހަރު ބޮޑު ކުރުމަށް ހަމަޖެހިފައިވާ ކަން ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެތުލީޓުން ކުރިއެރުވުމަށް އެތުލީޓުންގެ މުސާރަ ކުރީގެ މުސާރައަށްވުރެ ބޮޑުކޮށް، އަދި އޮފިޝަލުންގެ މުސާރަވެސް އެތުލީޓުންގެ މުސާރައާ ހަމަހަމަ ގޮތެއްގައި ގެނެވޭނެ ގޮތް މިހާރު ފަހިވެފައިވާއިރު އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެވުނު ވާހަކަތަކެއް ހަގީގަތަކަށް ވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ