އަމާޒަކީ ރާއްޖޭގެ ދެކުނުގައި ފެން އުފައްދާ ރައްކާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުން: އައިބީއެމްގެ އެމްޑީ ޖިނާން

Advertisement

އެންމެ ފަސް

Advertisement

އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) ގެ އަމާޒަކީ ރާއްޖޭގެ ދެކުނުގައި ފެން އުފައްދާ ރައްކާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުންކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖިނާން ޖަލީލް ވިދާޅުވެއްޖެ އެވެ.

ޖިނާން މިހެން ވިދާޅުވީ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި ޖަވިޔަނި ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޖިނާން ވަނީ ދާދި ފަހުން ފުވައްމުލަކުގައި ދިމާވި ފެނުގެ ކާރިސާގެ ވާހަކަ ފާހަގަ ކުރައްވާ އެ ސިޓީއަށް ފެން ގެންދިއުމުގައި އެމްއެންޑީއެފްއާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން އައިބީއެމްއިން މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރައްވާފަ އެވެ. ޖިނާން ވިދާޅުވީ ފުވައްމުލަކަށް ފެން ގެންދަން ޖެހުނީ މާލެއިން ކަމަށާއި ދެކުނުގައި ފެން އުފައްދާ، ރައްކާ ކުރެވޭނެ ނިޒާމެއް ގާއިމުވެފައި ހުރިނަމަ މިފަހަރު އެ ސިޓީއަށް ފެން ފޯރުކޮށްދޭން ނެގި ވަގުތަށް ވުރެ އަވަހަށް އެކަން ކުރެވުނީސް ކަމަށެވެ.

މިކަމުގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް ހަމަ އަގެއްގައި ފެން ލިބޭނެ ގޮތްތައް ކަނޑައެޅި، ކުއްލި ހާލަތްތަކުގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަލުވިވެގެންދާނެ ކަމަށް ވެސް ޖިނާން ވިދާޅުވިއެވެ.

އައިބީއެމްގެ އެމްޑީ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުޅުދުއްފުށީ ބޮޓްލިންގ ޕްލާންޓް ގެއްލުމުގައި ހިނގަމުންދިއުން ކަމަށް ޖިނާން ވިދާޅުވި އެވެ. ފާއިތުވި ފަސް އަހަރު ދުވަހު ގެއްލުމުގައި ހިންގަމުންދިޔަ އެތަން ބަންދުކުރާނެތޯ ނުވަތަ ހިންގާނެތޯ ކުންފުންޏަށް ސުވާލު ކުރިމަތިވި ކަމަށާއި، ނަމަވެސް 27 މުވައްޒަފުން މަސައްކަތްކުރާ ތަނެއް ބަންދުކުރުމަކީ އެ މުވައްޒަފުންގެ އާއިލާތައް ނިކަމެތިވެގެންދާނެ ކަމެއް ކަމަށް ޖިނާން ވިދާޅުވި އެވެ. އެހެންކަމުން، އައިބީއެމްގެ އެންމެ ބޮޑު މަސައްކަތަކަށްވީ ކުޅުދުއްފުށީ ބޮޓްލިންގ ޕްލާންޓަކީ ފައިދާ ނެރެވޭ ތަނަކަށް ހެދުންކަމަށް ޖިނާން ވިދާޅުވި އެވެ.

ޖިނާން ވިދާޅުވީ، ކުޅުދުއްފުށީ ބޮޓްލިންގ ޕްލާންޓަކީ ފައިދާ ހުރި ތަނަކަށް ހެދުމަށް އެންމެ އިސްކަމެއް ދިނީ، އުތުރުގައި ފެން އުފައްދާނެ ނިޒާމެއް ހުރުމަކީ މުޅި ދިވެހިރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު މަންފާއަކަށްވާތީ ކަމަށެވެ. ބުރަ މަސައްކަތުން މެޓީރިއަލް ކޮސްޓާއި އެހެނިހެން ކަންތައްތަކަށް ބަލައިގެން އެތަނުގެ ޚަރަދު 40 އިންސައްތަ ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެތަނުގެ ވިޔަފާރީގެ ގޮތުން ފެން ވިއްކުން އިތުރުވެ، މިއަދު އެތަނަކީ ދެމެހެއްޓޭނެ ތަނެއް ކަމަށް ޔަގީންކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް ޖިނާން ވިދާޅުވި އެވެ.

އައިލެންޑް ބެވަރޭޖް މޯލްޑިވްސް މުޙައްމަދު ޖިނާން ޖަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ