ގަވާއިދާ ހިލާފަށް އުޅުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Advertisement

އެންމެ ފަސް

Advertisement

އިމިގްރޭޝަންގެ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ހުޅުމާލޭގައި ހުންނަ ތިން ކެފޭއެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.

އިމިގްރޭޝަނުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން އިއްޔެ ހިންގި މި އޮޕަރޭޝަންގައި، ހުޅުމާލޭގައި ހިންގަމުންދިޔަ ތިން ކެފޭއެއް ބަލައި ފާސްކުރެވުނެވެ. މި އޮޕަރޭޝަންގައި، އެތަންތަނުން 7 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ހަރުދަނާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ފާއިތުވި އަހަރުގެ ތެރޭގައި ވެސް މިފަދަ އެތައް އޮޕަރޭޝަނެއް ހިންގައި، ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވެ އެވެ. އިމިގްރޭޝަނުން ވަނީ މިފަދަ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ވެސް ކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، މިހާތަނަށް 8،600 މީހުން ވަނީ ޑީޕޯޓުކޮށްފަ އެވެ. މިފަދަ އޮޕަރޭޝަންތައް ހިންގަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުކުރުމަށްޓަކަ އެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ