ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓް ބޭނުންކުރެވޭނެ ފީޗާރއެއް

Advertisement

އެންމެ ފަސް

Advertisement

ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިންނަށް ހުންނަ ފަރާތްތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ވެބްސައިޓް ބޭނުންކުރެވޭނެ އެކްސެސިބިލިޓީ ފީޗާރއެއް ތަޢާރަފްކޮށްފި އެވެ.

އެމްޕީއެލްގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރި ފީޗަރ މިއަދު ލޯންޗްކޮށްދެއްވީ ސޯޝިއަލް މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ. މި ފީޗަރ ލޯންޗްކުރީ އެމްޕީއެލްއާ އަލަށް ގުޅުނު ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިއީ އެމްޕީއެލްގެ އިސްނަގައިގެން، އެމްޕީއެލްގެ އައިސީޓީ ސަރވިސަސް ޑިޕާޓްމަންޓްގެ މަސައްކަތުން ތަޢާރަފްކުރި ފީޗާރއެކެވެ. މި މަސައްކަތުގައި ސޯޝަލް މިނިސްޓްރީގެ އެހީތެރިކަމާއި ލަފާ ލިބުނުކަން ފާހަގަކުރަމެވެ. އަދި މި ފީޗާގެ ޓެސްޓިންގ މަރުހަލާގައި، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ހިޔާލާއި ލަފާ ވަނީ ހޯދައިފަ އެވެ.

އެމްޕީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ އެކްސެސިބިލިޓީ ފީޗާއެއް ވެބްސައިޓްގައި ތަޢާރަފްކުރި ފުރަތަމަ ކުންފުންޏެވެ.

އެމްޕީއެލްގައި މި ވަގުތުވެސް ނުކުޅެދުންތެރިކަން ހުންނަ 32 ފަރާތެއް ވަޒީފާ އަދާކުރެ އެވެ. އަދި އެމްޕީއެލްއިން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ އިތުރު 40 ފަރާތަކަށް މިހާރު ވަޒީފާގެ ފުރުސަތު ދީފއެވެ. މި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ދިނުމުގެ އިތުރުން، މަސައްކަތުގެ މާޙައުލުގައި ތަފާތުނުކުރުމާއި ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދިނުމާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާޢިމްކޮށްދިނުމަށް އެމްޕީއެލްއިން ބޮޑު އަހަމިއްޔަތެއް ދޭކަމެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ