ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވެއްޖެ، ރައީސްގެ ތައުޒިޔާ އާއިލާއަށް

Advertisement

އެންމެ ފަސް

Advertisement

ރައީސް އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރު އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ނާޒިމްގެ ލޮބުވެތި މަންމާފުޅު، ޝަރީފާ މުހައްމަދު، އަވަހާރަވެއްޖެ އެވެ.

މަރުޙޫމާ ޝަރީފާ މުހައްމަދު އަވަހާރަވީ އުމުރުފުޅުން 83 އަހަރުގަ އެވެ.

ޝަރީފާ މުހައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެކްސް މެދުވެރިކޮށް ތައުޒިޔާ ފޮނުއްވާފަ އެވެ. ރައީސް ވިދާޅުވީ، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ ލޮބުވެތި މަންމާފުޅު، ޝަރީފާ މުޙައްމަދު އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ.

”އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަން. މަރްޙޫމާ ޝަރީފާ މުޙައްމަދު މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށި. އާމީން،“ ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މަރުޙޫމާ ޝަރީފާ މުހައްމަދުގެ މޫނު ދެއްކުމާއި ކަށު ނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު) ގައެވެ. ކަށު ނަމާދު އޮންނާނީ މިރޭގެ މަޣްރިބް ނަމާދަށްފަހުގަ އެވެ. ޢާއިލާގެ ފަރާތުން ވަނީ ވީހާވެސް ގިނަ ބަޔަކު ކަށު ނަމާދުގައި ބައިވެރިވުމަށް އެދިފަ އެވެ.

ޝަރީފާ މުހައްމަދު އަވަހާރަވިއިރު، އެކަމަނާއަކީ ޤައުމު ބިނާކުރުމާއި، ޤައުމީ ކަންކަމުގައި އިސްނަގައިގެން ކުރިއަށް ވަޑައިގަންނަވާ ދަރިންތަކެއް ތަރުބިއްޔަތު ކުރެއްވި ބޭކަނބަލެކެވެ. އެކަމަނާގެ ދެ ދަރިކަލުންނަކީ ވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.

ޝަރީފާ މުހައްމަދު އަވަހާރަވުމުގެ ހިތާމައިގައި ދެ ދަރިކަލުންނާއި އެ ޢާއިލާއަށް ވަނީ ގިނަ ބަޔަކު ތައުޒިޔާ ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބްދުﷲ ނާސިރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ