އެކްސްކްލޫސިވް ރައިޓް ދަމަހައްޓަން ރަޖިސްޓްރީކުރާ ރަޖިސްޓްރީކުރުން ނުވަތަ ”ޕޭޓެންޓް“ އާ ބެހޭ ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ބިލް ފަރުމާކުރަމުން އަންނަނީ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީގެ މާހިރުންގެ އެހީގައި ކަމަށެވެ. އެ މަސައްކަތް ފެށީ ހަމަ އެ ދާއިރާއަށް ހާއްސަ ޓްރޭޑްމާކް ބިލް ފާސްކޮށް ތަސްދީގުކޮށް، ގާނޫނަކަކަށް ވުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ފިކުރީ މުދާ ރައްކާތެރިކުރުމާ ބެހޭ މި ގާނޫނުތަކާ އެކު، ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް އަންނަ އަހަރު ރާއްޖޭގައި ހުޅުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
”ކޮޕީރައިޓް ގާނޫނަށް އަޅުގަނޑުމެން ވާނީ ޒަމާނާ ގުޅޭ އަދި އުފެއްދުންތެރިންނާއި ފަންނުވެރީންގެ ބުރަ މަސައްކަތާއި ހައްގުތައް ހިމާޔަތްކޮށްދޭނެ ބޮޑެތި އިސްލާޙުތަކެއް ގެނެސްދީފައި. ބާން ކޮންވެންޝަނުގައި ވެސް މިހާރު ދިވެހިރާއްޖެ ވާނީ ބައިވެރިވެފައި. މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު މުހިއްމު ގިނަ މަސައްކަތްތަކެއް،“
މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ގާއިމްކޮށްދެއްވާނެ ކަމުގެ ވައުދާ އެކުގައި ކަމަށާއި، މިއަދު ފެންނަނީ އެ ވައުދުފުޅު އަމަލީ ގޮތުން ނަތީޖާ ނެރެދެއްވާ މަންޒަރު ކަމަށެވެ.
އެގޮތުން، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައި ޓްރޭޑްމާކް ބިލް ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
