ހަވާ އެރުވުމާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުވަނީ

Advertisement

އެންމެ ފަސް

Advertisement

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި ރަސްމިއްޔާތުގައި ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް ފަހު އެ އެއާޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ޖައްސާނެ އެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ.

ފޮޓޯ: ވަގުތު އޮންލައިން

ހަނިމާދޫ އެއާޕޯޓަށް ގެނައި ބަދަލުތަކާއެކު މި އެއާޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

ރައީސް މުއިއްޒާއި މި ރަސްމިޔާތުގެ މެހެމާނުންނަށް މަރުޚަބާ ކިޔުމަށް ސަޤާފީ ހުށައެޅުމެއް މި ރަސްމިއްޔާތުގެ ތެރެއިން ހުށަހަޅާނެ އެވެ. އަދި ރަސްމިއްޔާތުގެ ތެރެއިން ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫ އެވެ. މި މަޝްރޫގެ ދަށުން 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ އާ ޓާމިނަލެއް އަދި އާ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ތަރައްގީކޮށްފައިވެ އެވެ. މީގެ އިތުރުން ކާގޯ އިމާރާތަކާއި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސްކޮށްފައިވެ އެވެ.

ފޮޓޯ: ވަގުތު އޮންލައިން

އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ މި މަޝްރޫ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. މި މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަމަޖެހުނެވެ.

ހދ. ހަނިމާދޫ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ