ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދެކުނަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުވައްމުލަކަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. މި ދަތުރުފުޅުތަކުގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކާ މަޝްވަރާކުރައްވައި، ރައްޔިތުން އެންމެ އެދޭ ކަންކަމާއި މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާނެ އެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ރައީސް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް މުއިއްޒުގެ މިފަދަ ދަތުރުފުޅުތަކުގެ ތެރެއިން، އެމަނިކުފާނު ވަނީ އެންމެ 1 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރެކޯޑެއް ގާއިމުކުރައްވާފަ އެވެ. ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި، މި މުއްދަތުގެ ތެރޭގައި 63 ރަށަކަށް ދެ ފަހަރަށްވެސް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފަ އެވެ. ރައީސް އޮފީހުން ބުނީ މިކަމުން ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހާމަވެގެންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ ފުވައްމުލަށް ސިޓީ
