އޮކްޓޫބަރު މަހު ފުލުހުންނަށް ހުށަހެޅި މައްސަލަ މަދު، އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް

Advertisement

އެންމެ ފަސް

Advertisement

ފާއިތުވި އޮކްޓޯބަރު މަހު ޖުމްލަ 808 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ޖުމުލަ 808 މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓު ކުރި އިރު މިއީ ސެޕްޓެމްބަރު މަހު ރިޕޯޓްކުރެވުނު މައްސަލަތަކާ އަޅާބަލާއިރު ދަށް އަދަދެކެވެ. ސެޕްޓެމްބަރު މަހު ފުލުހުންނަށް 1،140 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުންގެ ރިޕޯޓްތަކަށް ބަލާއިރު، އޮކްޓޯބަރު މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 274 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތަކެވެ. ޓްރެފިކް އެކްސިޑެންޓްގެ 209 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުންހުރި 123 މައްސަލައެއްވެސް ފުލުހުންނަށް ހުށަހެޅިފައިވެ އެވެ.

އޮކްޓޯބަރު މަހު ރިޕޯޓްކުރެވުނު މައްސަލަތަކުގެ ތަފްސީލު:

  • އެއްޗެހި ގެއްލިގެން: 72 މައްސަލަ
  • މުދަލަށް ގެއްލުން ދިނުން: 38 މައްސަލަ
  • އަނިޔާ: 33 މައްސަލަ
  • ޖިންސީ ގޯނާ: 20 މައްސަލަ
  • ގެވެށި އަނިޔާ: 15 މައްސަލަ
  • ފޭރުން: 10 މައްސަލަ
  • ޚިޔާނާތް: 7 މައްސަލަ
  • ފޯޖް ކުރުން: 5 މައްސަލަ
  • ޗެކް ބައުންސް: 2 މައްސަލަ

މިއަހަރުގެ މިހާތަނަށް އައި އިރު ވައްކަން އެންމެ މަދު މަހަކަށް ފާހަގަވީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ މަހު ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ 197 މައްސަލައެކެވެ.

ވައްކަމާއި ފޭރުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ