ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިއެޓްނާމުގެ ބޮޑުވަޒީރުގެ ނައިބު ބުއި ތަންސޮން އާއި ބައްދަލު ކުރައްވައިފި އެވެ .
ހަލީލު، ވިއެޓްނާމުގެ ބޮޑު ވަޒީރުގެ ނައިބު އާއި ބައްދަލު ކުރައްވާފައިވަނީ މިހާރު ވިއެޓްނާމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލު ކުރެއްވުމާއި ގުޅިގެން ހަލީލު އެކްސްގައި ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށާއި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
އެގައުމުގެ ބޮޑުވަޒީރުގެ އިތުރުން ހަލީލު ވަނީ އެ ގަައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ނުޔެން މަންހް ކުއޮންގް އާ ވެސް ބައްދަލު ކުރައްވާފަ އެވެ. ހަލީލު ވިދާޅުވީ ޑެޕިއުޓީ ފޮރިން މިނިސްޓަރާއެކު އެ ސަރުކާރާއެކު ގާތުން މަސައްކަތްކޮށް ބައްދަލުވުންތައް ބާއްވައި މިހާރަށްވުރެ ބޮޑަށް އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ.
ހަލީލު ވިއެޓްނާމަށް މި ކުރައްވާ ރަސްމީ ދަތުރުފުޅަކީ އދ. ގެ ފަރާތުން ސައިބާ ކްރައިމްތަކާ ދެކޮޅަށް އެކުލަވާލާފައިވާ އާ ބައިނަލްއަގްވާމީ އެއްބަސްވުން ”ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާ ކްރައިމް“ ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ރާއްޖެ - ވިއެޓްނާމް ވިއެޓްނާމް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
