ކޮމިޓީ މައިކަށް ގެއްލުންދިން މައްސަލަ: ތިން މެންބަރެއްގެ އަތުން އަގު ނަގަނީ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މަސައްކަތްކުރިއަށް ގެންދިޔަ ކޮމިޓީގެ މައިކަކަށް ގެއްލުންދިން މައްސަލައިގައި ތިން މެންބަރެއްގެ އަތުން އޭގެ އަގު ނެގުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ލިބިފައިވާ ގެއްލުމުގެ އަގު ބެލުމަށްފަހު އަދި ގެއްލުން ފޫބައްދަން ހިނގި ހަރަދު ބެލުމަށްފަހު އެ ވަގުތު މައިކު ކައިރީގައި ތިބި މެންބަރުންގެ އަތުން އެ ހަރަދު ނެގުމަށެވެ.

ކޮމިޓީގެ މައިކެއް ހަލާކުވިއިރު، މައިކު ކައިރީގައި ތިބީ:

  • ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް (ޕީއެންސީ)
  • ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (އެމްޑީޕީ)
  • ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު (އެމްޑީޕީ)

ސެޕްޓެމްބަރު 15 ދުވަހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ހޫނުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ފާސް ކުރަން މަސައްކަތް ކުރި ވަގުތު އެވެ.

އެވަގުތު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވަނީ އެތަނުގައި ހުރި މައިކެއް ބޭނުންކޮށްގެން ވާހަކަ ދައްކަން މަސައްކަތްކޮށްފަ އެވެ. ދެން ފެނިގެން ދިޔައީ މެންބަރު އިމްރާން އެ މައިކުގައި ހިފުމުން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރުވެސް މައިކުގައި ހިފި މަންޒަރެވެ. އަދި އެ ދެ މެންބަރުން ވަނީ އެ މައިކަށް ދަމާފަ އެވެ. މައިކު ލުހިގެން އައީ މެންބަރު އިމްރާންގެ އަތަށެވެ.

ހުސެއިން އިމްރާން ލަތީފް (އިންމު) ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އިމްތިޔާޒާއި ސުލޫކު ކޮމިޓީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ